twitterviber whatsapp telegramfacebookyoutube instagram
4th May 2024

އުރީދޫން އާ އަހަރަށް އަގުހެޔޮ ބޮޑެތި އޮފާތަކެއް

Jan 1, 2024

އާ އަހަރާ ދިމާކޮށް އުރީދޫން ހާއްސަ، އާ އޮފާތަކެއް ތައާރަފްކޮށްފި އެވެ. އުރީދޫން ތައާރަފްކުރި 5ޖީ ޑޭޓާތަކުގެ ތެރޭގައި 600ރ. އަށް 30 ދުވަހަށް 54 ޖީބީ ލިބޭ އޮފާއަކާއި 750ރ. އަށް 30 ދުވަހަށް 120ޖީބީ ލިބޭ އޮފާއަކާއި 1100ރ. އަށް 30 ދުވަހަށް 160 ޖީބީ ޑޭޓާ ލިބޭ އޮފާއެއް ހިމެނެ އެވެ.

އުރީދޫގެ އިތުރު އޮފާތަކުގެ ތެރޭގައި 25ރ. އަށް 24 ގަޑިއިރަށް 24 ޖީބީ ލިބޭ ޕްލޭން ހިމެނޭއިރު މި ޕްލޭންއިން އުރީދޫގެ ހުރިހާ ނަމްބަރުތަކަށް 24 ގަޑިއިރު ވަންދެން ހިލޭ ގުޅޭނެ އެވެ. އަދި އަންލިމިޓަޑްކޮށް ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެވެ.

އުރީދޫން ވަނީ އާ އަހަރަށް އާޗާ ހަ މަހުގެ ޕްލޭން އަކާއި އާޗާ އަހަރީ ޕްލޭނެއް ތައާރަފްކޮށްފަ އެވެ. އާޗާ ހަ މަހުގެ ޕްލޭން އަކީ 2024ރ. އަށް ޖުމްލަ 720ޖީބީ ލިބޭ ޕްލޭންއެކެވެ. މި ޕްލޭނުން ދުވާލަކަށް 4 ޖީބީ ޑޭޓާ ބޭނުން ކުރެވޭނެ އެވެ. އާޗާ އަހަރީ ޕްލޭން އަކީ 3000ރ. އަށް 365ޖީބީ ޑޭޓާ ލިބޭ ޕްލޭން އެކެވެ. މި ޕްލޭނުން ދުވާލަކަށް އެއް ޖީބީ ޑޭޓާ ލިބޭނެ އެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް، ލިންކަށް ޒިޔާރަތްކޮށްލައްވާ.

އާ އަހަރަށް ސުޕަނެޓް ކަސްޓަމަރުންނަށް އުރީދޫން ތައާރަފްކޮށްފައި ވަނީ 400ރ އިން މަތީގެ ޕެކޭޖުތައް ނަގާ ކަސްޓަމަރުންނަށް 100ޖީބީ ބޯނަސް ޑޭޓާ ތިން މަހަށް ބޭނުން ކުރެވޭނެ އޮފާ އެކެވެ. އަދި އަލަށް އެއާފައިބާ ނަގާ ކަސްޓަމަރުންނަށް އެއާފައިބާ ޑިވައިސް ހިލޭ ލިބުމުގެ އޮފާއެއް ވެސް ވަނީ އުރީދޫން ތައާރަފްކޮށްފަ އެވެ.

އާ އަހަރަށް އުރީދޫން ތައާރަފްކުރި އޮފާތައް އެކްޓިވޭޓު ކުރެވޭނީ މިރޭ 12 ޖަހަންދެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355