twitterviber whatsapp telegramfacebookyoutube instagram
27th April 2024

ހަނިމާދޫ އެއާޕޯޓް ހުޅުވެންވާއިރަށް އަތޮޅު މާކެޓްކުރަން ބަޖެޓްގައި ނެތުމުން އާތިފް ކަންބޮޑުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Jan 6, 2024
3

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޝަނަށް އަންނަވާއިރަށް ހދ އަތޮޅު މާކެޓްކުރުމަށް އެއްވެސް ކަމެއް އަތޮޅު ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިނެތުމުން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ހދ އަތޮޅު ކައުންސިލްގެ އަންނަ އަހަރުގެ ބަޖެޓާއި ވޯކް ޕްލޭން ފާސްކުރުމަށް ބުރާސްފަތި ދުވަހު އެ ކައުންސިލްގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޝަނަށް ގެންނަވާއިރަށް އަތޮޅު މާކެޓްކުރުމަށް އަތޮޅު ލެވެލްގައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓު ފަހަރަށް ހިދުމަތް ދެވޭވަރަށް ތަރައްގީކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މިއަހަރުގެ ފަހު ކުއާޓަރުގައި ހުޅުވުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މިއީ މުޅި އުތުރުގެ ފަތުރުވެރިކަމަށް އަންނާނެ އިންގިލާބީ ބަދަލަކަށްވެގެންދާނެ މަޝްރޫއެކެވެ.

އަތޮޅުގައި ފަތުރުވެރިކަން ނެތިގެން އޮތް އޮތުމަށް އަތޮޅު ލެވެލްގައި މަސައްކަތްތަކެއް ކުރަން ޖެހޭކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، އަތޮޅު މާކެޓްކޮށް އެފަދަ އެއްވެސް ކަމަކަށް އަތޮޅު ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިނުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

އަތޮޅުގައި ހުރި ރިސޯސަސްތަކާއި އެޓްރެކްޝަންތައް މެޕް ކުރެވި ޑައިވް ސައިޓްތައްވެސް ފާހަގަކުރެވިފައިނުވާއިރު މިއީ ކޮންމެހެންވެސް 2024 ވަނަ އަހަރު ކުރަން ޖެހޭ ކަންކަން މޭޔަރު ފާހަގަކުރެއްވި އެވެ.

އަތޮޅު ކައުންސިލުން މިއަހަރަށް 21 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާއިރު މީގެ ތެރެއިން ބޮޑު ހަރަދެއް ހިނގަނީ ރިކަރަންޓް ހަރަދުގެ ގޮތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355