twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

އަބްދުލް ވާހިދު ޙަސަން
Jan 6, 2024
1

ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް ހުޅުވާލައިފި އެވެ. ކުޅުދުއްފުށީ އެއާޕޯޓް ޓާމިނަލް ބޮޑުކޮށް ތަރައްގީކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ މަޝްރޫއެކެވެ.

ކުޅުދުއްފުށި އެއާޕޯޓަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހަދަން ފެށި އެކަމަކު އެ މަސައްކަތް ނިންމާ ދަތުރުތައް ފެށީ ރައީސް ސޯލިހްގެ ވެރިކަމުގައި އެވެ. އޭރުވެސް ޓާމިނަލްގެ ކުޑަވުމުގެ ޝަކުވާތައް އޮތެވެ.

ކުޅުދުއްފުށީ އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ކުރި އިއުލާނެއްގައި ބުނީ، އެ ކުންފުނިން ދޭ ޑިޒައިންނާ އެއްގޮތަށް އެއާޕޯޓްގެ ޕަސެންޖަރު ޓާމިނަލް ބޮޑުކޮށް އަލުން ތަރައްގީކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ.

އިއުލާން

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޝައުގުވެރިވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން، އީއޯއައި ހުށަހެޅަންޖެހޭނީ ޖެނުއަރީ 9، ގެ ނިޔަލަށެވެ. މަޝްރޫއުއަށް ކަނޑައަޅާފައިވާ ބިޑް ޑޮކިއުމަންޓް ދޫކުރެވޭނީ ރެޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އެ މަޝްރޫއުގެ ދަށުން 11345 އަކަފޫޓްގެ ޕަސެންޖަރު ޓާމިނަލެއް ތަރައްގީކުރުމާއި ޕެސެންޖާ ޓާމިނަލް ސަރަހައްދުގައި ޝޭޑިން އެއްލުން ހިމެނެ އެވެ.

އާރްއޭސީއެލްގެ އާ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވަނީ ދާދި ފަހުން ކުޅުދުއްފުއްޓަށް ވަޑައިގެން އެއާޕޯޓްގެ ހާލަތު ބައްލަވާލައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355