ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަމާ ދޫކުރާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން މިއަދު ބުނެފި އެވެ.
ފަހުން ފައިސާ ދޭ ގޮތަށް މަސްވެރިންގެ އަތުން މަސް ކިރުމަށްފަހު ނުދީ ހުރި 100 މިލިއަން ރުފިޔާ މާދަމާ ދޫކުރާނެ ކަމަށް މިފްކޯއިން ބުނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
މަސްވެރިންނަށް މިހާތަނަށް ނުދެވިހުރި ފައިސާ ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާދަމާ މަސްވެރިންނަށް 100 މިލިޔަން ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައި. pic.twitter.com/ApEH7mD4hS
— Ministry of Fisheries and Ocean Resources (@MFORmv) January 9, 2024
"ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަން ދައްކާ ގޮތަށް ވަނީ ހަމަޖެހިފަ. މި ފުރުސަތުގައި މަސްވެެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" މިފްކޯއިން ބުނެފައިވެ އެވެ.
ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަން ދައްކާގޮތަށް ވަނީ ހަމަޖެހިފަ. މި ފުރުސަތުގައި މަސްވެެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން.
— MIFCO (@mifcomv) January 9, 2024
މަސްވެރިންނަށް މާދަމާ ފައިސާ ދޫކުރާނެ ކަމަށް މިފްކޯއިން ބުނިއިރު، ގާތްގަނޑަކަށް 140 މިލިއަން ރުފިޔާ މިހާރު ވެސް ނުދީ އެބަ އޮތެވެ. މި ސަރުކާރު ނޮވެމްބަރު 17، ގައި ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް 190 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދީފަ އެވެ.