twitterviber whatsapp telegramfacebookyoutube instagram
6th June 2025

ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ދެ ބޭފުޅަކަށް

އަބްދުލް ވާހިދު ޙަސަން
Jan 16, 2024
8

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ނައިބު މިނިސްޓަރުގެ މަގާމަށް ކުޅުދުއްފުށީ ދެ ބޭފުޅަކު އަންޔަނުކުރައްވައިފި އެވެ.

އެ މަގާމަށް އަންޔަންކުރެއްވި ދެ ބޭފުޅުންނަކީ އަހުމަދު މުހައްމަދު (ޖިހާދޭ) އާއި އަސްރަފް އަބުދުﷲ (ރަފީޓޯ) އެވެ. އެ ދެ ބޭފުޅުން ވަޒީފާއަށް ނުކުންވަން ފެއްޓެވީ މިދިޔަ ހަފްތާ ތެރޭގަ އެވެ.

ޖިހާދޭއަކީ ޕީޕީއެމް ކުޅުދުއްފުށީ ދެކުނު ދާއިރާގެ ނައިބު ރައީސެވެ. މީގެ ކުރިން އޭނާ ވަނީ ސަރަހައްދީ އޮފީހުގައި ގާއިމުކުރި އެޑިއުކޭޝަން ޔުނިޓްގައި އާއި ފެނަކަގައި މަސައްކަތްކުރައްވާފަ އެވެ. ދައުލަތުގައި 11 އަހަރު އޭނާ ހިދުމަތް ކުރެއްވި އެވެ.

އަސްރަފަކީ ޕީޕީއެމް ކުޅުދުއްފުށީ އުތުރުދާއިރާގެ ޒުވާނުންގެ ރައީސެވެ. އޭނާ މީގެ ކުރިން އައިބީއެމްގައި ދެ އަހަރު މަސައްކަތްކުރެއްވި އެވެ. އެ މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި މިހާރު 13 ބޭފުޅަކު ތިއްބަވަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355