twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޕެރަލައިޒްވެ ނުހިނގި އުޅެނިކޮށް ކިޑްނީގައި މައްސަލަ ޖެހި އިތުރު ވޭނެއް

މުސްތަފާގެ އޮޕަރޭޝަނަށް ރާއްޖޭން ބޭރަށް ދިއުމަށް އާއިލާއިން ތައްޔާރުވަމުންދާ އިރު އާއިލާއަށް ދިމާވެފައިވާ އެންމެ ބޮޑު ދަށްޗަކީ މާލީ ތަނަވަސްކަން ނެތުމެވެ. އެހެންވުމުން އެފަރާތުން އެދެނީ ރައްޔިތުންގެ ދީލަތި އެހީއަކަށް.

ނަބީލާ އިސްމާޢީލް
Jan 16, 2024

ކުޅުދުއްފުށީ ކުދިމާގެ މުސްތަފާ މުހައްމަދަކީ 2018 ވަނަ އަހަރު 4 ބުރި އިމާރާތެއްގެ މަތިންވެއްޓި ލިބުނު އަނިޔާގައި އުނަގަނޑުން ތިރި ޕެރަލައިޒް ވެފައިވާ ޒުވާނެކެވެ.

އުމުރުން 27 އަހަރުގެ މި ޒުވާނާ މި ދަތި އުނދަގޫ ދިރިއުޅުމުގައި 6 އަހަރު ވޭތުވަމުން އަންނައިރު އަނެއްކާވެސް މުސްތަފާ މި ވަނީ އިތުރު ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިފައެވެ. ފުރޮޅުލީ ގޮނޑީގެ އެހީގައި އުޅެމުންއަންނަ މުސްތަފާއަށް މިހާރު އަންނަނީ ކިޑްނީ އަދި ޔޫރިން ބްލެޑާގައި ހިލަ އުފެދުމުގެ ސަބަބުން ކުޑަކަމުދިއުމަށް ދުވަހަކަށް ވުރެ ދުވަހެއް ދަތިވަމުންނެވެ.

މިކަމަށް ރާއްޖެއިން ދެވޭނެ ފަރުވާއެއް ނެތުމުން ޑަކްޓަރުން ލަފާދީފައިވަނީ ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް ހިލަ ނެގުމަށް އޮޕަރޭޝަން ކުރުމަށެވެ. މުސްތަފާގެ ދައްތަ ތަސްލީމާ މުހައްމަދު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ރާއްޖެއިން ކުރެވެންނެތް މި އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ޖީޖީ ހޮސްޕިޓަލުން ކަމަށެވެ.

މާދަމާ ރާއްޖޭން ބޭރަށް ފުރުމަށް ހަމަޖެހިފައިވާއިރު ބޭސްފަރުވާއަށް އާސަންދަ ހަމަޖެހިފައިވީނަމަވެސް މި ފަރުވާއަށް އަދި އިންޑިއާގައި މަޑުކުރަން ޖެހެނީ ކިހާދުވަހަކު ކަމެއް ނޭނގެތީ އާއިލާގައި އެފަދަ ތަނަވަސްކަމެއް ނެތުމުން މުސްތަފާގެ އާއިލާއިން އެދެނީ ރައްޔިތުންގެ އެހީތެރިކަމާއި، ހެޔޮ ދުޢާއަށެވެ.

މުސްތަފާގެ އޮޕަރޭޝަން ކުރުމަށް އިންޑިއާއަށް ގޮސްތިބުމަށް އެ އާއިލާއަށް އެހީތެރިވުމަށް:

7706348610101 - (ރުފިޔާ އެކައުންޓް) ތަސްލީމާ މުހައްމަދު

އިތުރު މަޢުލޫމާތު ހޯދުމަށް - 7888324 ތަސްލީމާ މުހައްމަދު (މުސްތަފާ މުހައްމަދުގެ ދައްތަ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355