twitterviber whatsapp telegramfacebookyoutube instagram
12th August 2026

ޖަލާލުއްދީން ސްކޫލަށް ބޮޑު ކާމިޔާބީއެއް، އޭލެވެލް ގަދަދިހައެއްގައި 13 ދަރިވަރުން

މިއަހަރު ތިން މާއްދާއިން 79 އިންސަތަ ދަރިވަރުން ފާސްވިއިރު ދިވެއްސާއި އެކޮނޮމިކްސް، ބިޒްނަސް ސްޓަޑީޒް އިން 100 އިންސަތަ ދަރިވަރުން ފާސްވި.

އަބްދުލް ވާހިދު ޙަސަން
Jan 20, 2024

2022-2023 ވަނަ އަހަރުގެ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިހާނުގައި ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

އެ އިމްތިހާނުތަކުގައި ބައިވެރިވެ އެ ސްކޫލުގެ 13 ދަރިވަރަކު ވަނީ ގައުމީ ގަދަ 10 އަކުން ޖާގަ ހޯދާފަ އެވެ. މިއީ އެ ސްކޫލުގެ ތާރީހުގައި މިހާ ގިނަ ދަރިވަރުންތަކެއް ގައުމީ ގަދަ 10 އެއްގައި ހިމެނުނު އަހަރެވެ.

މިއަހަރުގެ ނަތީޖާއަށް ބަލާއިރު ތިން މާއްދާއިން 79 އިންސަތަ ދަރިވަރުން ފާސްވި އެވެ. މިދިޔަ އަހަރު އެ އަދަދު އުޅެނީ 65 އިންސަތައިގަ އެވެ. އަދި ދިވެއްސާއި އެކޮނޮމިކްސް، ބިޒްނަސް ސްޓަޑީޒް އިން 100 އިންސަތަ ދަރިވަރުން ފާސްވި އެވެ.

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ، މިއަހަރު ހުރިހާ މާއްދާއަކުންވެސް ކުރިއެރުން ހޯދާފައިވާ ކަމަށެވެ.

"ދަރިވަރުންގެ މި ފުރިހަމަ ކާމިޔާބީން ރަމްޒުކޮށްދެނީ ތިޔަ ދަރިވަރުންނަކީ މުދައްރިސުންގެ އިރުޝާދަށް ފުރިހަމައަށް ތަބާވާ ކާމިޔާބު ހޯދުމަށް ގަދައަޅައި މަސައްކަތްކުރާ ހިތްވަރުގަދަ ކުދިބައެއް ކަމެވެ. ތިޔަ ދަރިވަރުންގެ ބެލެނިވެރިން ތިޔަ ކުދިންނަށްޓަކައި ވެލައްވާފައިވާ ގުރުބާނީގެ ފުރިހަމަކަމެވެ. މުދައްރިސުން ތިޔަ ކުދިންނަށްޓަކައި ކުރެއްވި މަސައްކަތުގެ ބޮޑުކަމެވެ." ޖަލާލުއްދީން ސްކޫލުން ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355