twitterviber whatsapp telegramfacebookyoutube instagram
28th April 2024

ޕާޓިތަކުން ގަނޑުކޮށް ގެންނަ ރީރެޖިސްޓްރޭޝަން ފޯމު ބަލައިނުގަންނާނެ

Jan 23, 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް ފޯމު ގަނޑުކޮށް ހުށަހެމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށް ނުލިބޭނެ ކަމަށާއި ފޯމު ހުށަހަޅަން ޖެހޭނީ އޮންލައިންކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

މަޖިލިސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީއާ އީސީން މިއަދު ބޭއްވި ބައްދަލުވުމުގައި، ކޮމިޝަނުގެ މެންބަރު މުހައްމަދު ނަޝާތު ވިދާޅުވީ، މަޖިލިސް އިންތިހާބުގައި ރީ-ރެޖިސްޓްރީ ވާނޭ އަދަދުކަމަށް ބެލެވެނީ 10،000 އާއި 15،000 ދެމެދުގެ އަދަދަށް މީހުން ކަމަށެވެ.

އެގޮތުން މި އިންތިހާބަށް މި ގެނައި ބަދަލަކީ، ސިޔާސީ ޕާޓިތަކުން ގަނޑުކޮށް ގެންނަ ފޯމުތައް ބަލައިނުގަތުން ކަމަށެވެ. ރީ-ރެޖިސްޓްރީ ވާން ބޭނުންވާ މީހުންނަށް އޮންލައިންކޮށް އެކަން ކުރެވޭނެކަމަށާއި، އޮންލައިންކޮށް ކުރުމަށް އުޒުރުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެކަމަށެވެ.

"އަަޅުގަނޑުމެން މި ކަނޑާލަނީ ހަމައެކަނި ޕާޓިތަކުން ގެންނަ ބަލްކް. އެ ފުރުސަތެއް ނުދޭނަން. އެކަމަކު ދަރުބާރު ގޭގައި ނުވަތަ އަޅުގަނޑުމެން ކަނޑައަޅާ ރަށްރަށުގައި ހުންނަ ލޮކޭޝަނަކަށް ފޯނެއް ނެތް މީހެއް ވިޔަސް ފިޒިކަލީ ދިޔައިމަ ރަޖިސްޓާ ވެވޭނެ. އައިޑީ ކާޑު ހިފައިން ދާއިރަށް ވެވޭނެ،" ނަޝާތު ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ފިޒިކަލްކޮށް ފޯމު ހުށަހެޅުމުގައި ސައްހަ ނޫން ފޯމު ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ވީމާ، ސިޔާސީ ޕާޓީތަކުން ވެސް އޮންލައިންކޮށް މީހުންގެ ރީ-ރެޖިސްޓްރޭޝަން ކަންކަން ފުރިހަމަކުރުމަށް ވިދާޅުވިއެވެ.

އީ ފާސް ނުވަތަ އިލެކްޝަންގެ ރީރެޖިސްޓްރޭޝަން ލިންކު މެދުވެރިކޮށް އޮންލައިންކޮށް ރީ ރެޖިސްޓާ ކުރެވޭނެއެވެ. އަދި، އީ ފާސް ފެއިލްވާ ހާލަތެއްގައި އިލެކްޝަން ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355