twitterviber whatsapp telegramfacebookyoutube instagram
20th December 2025

މާލޭ ގެއެއްގެ ތެރޭގައި މަރުވެ، ކުނިވެފައި އޮތް މީހަކު ފެނިއްޖެ

Jan 28, 2024

މާލޭ، ނިކަގަސް މަގުގައި ހުރި ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެހި ފިރިހެނަކު ރޭ ފެނިއްޖެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ޑޮކްޓަރަށް ދައްކަން މާލެއައިސް ހުރި މީހަކު ހަބަރެއް ނުވާކަމަށް ރޭ 8:50 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައި ވާކަމަށެވެ.

މަރުވެފައި އޮއްވައި ފެނުނީ އުމުރުން 67 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން އެމީހާ މާލެ އައިސް ހުރި ގެއަށް ގޮސް ފުލުހުން ބެލި އިރު އެމީހާ ނިޔާވެފައި އޮއްވާ ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު އެނގޭ ބައެއް މީހުންނާ ހަވާލާދީ ބައެއް އޮންލައިން މީޑިއާތަކުގައި ބުނީ، އެ ސަރަހައްދުން ކުނިވަހެއް ދުވާތާ 2-3 ދުވަސް ވެއްޖެ އެވެ. އެ މީހާގެ ހަށިގަނޑު ގެންދިޔައީ އައިޖީއެމްއެޗަށް ކަމަށާއި އޭނާ މަރުވެ، ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނިވެ، ހަލާކުވެފައި ކަމަށް ވެސް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355