twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ދިރާސީ ކަލަންޑަރުގައި ބުނެފައިވާ ގޮތާ ހިލާފަށް ކިޔަވައިދިނުމަކީ މަނާ ކަމެއް: އެޑިއުކޭޝަން

ނަބީލާ އިސްމާޢީލް
Jan 29, 2024

އެކަޑަމިކް ކަލަންޑަރުގައިވާ ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި ކިޔަވައިދިނުމަކީ މަނާ ކަމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ ބުނީ، މަންހަޖު ނުވަތަ ސިލަބަސް ކަވަރުކުރުމަށްޓަކައި ދަރިވަރުންނަށް ކިޔަވައިދޭން ޖެހޭނީ ދިރާސީ އަހަރުގެ ކަލަންޑަރުގައި ކިޔަވައިދިނުމަށް އެކަށައަޅާފައިވާ ދުވަސްތަކުގައިކަމަށެވެ. އަދި އެނޫން އެހެން ގޮތަކަށް ކިޔަވައިދިނުމުގެ ކަންކަން ތަރުތީބު ކުރުމަކީ މަނާކަމެއްކަމަށެވެ.

އެ މިނިސްޓްރީން މިކަން ހާމަކުރައްވާފައިވަނީ މަންހަޖު ކަވަރުކުރުމަށްޓަކައި ހޮނިހިރު ދުވަހުގައި ކިޔަވައިދޭކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާތީއެވެ.

ދިރާސީ އާ އަހަރު ފެށުން އަވަސްކުރުމުން ބައެއް ސްކޫލުގައި އިތުރު ގަޑި ނަގައިގެން މިހާރު އަންނަނީ ކިޔަވައިދެމުންނެވެ. އެ ސްކޫލުތަކުގައި ރަސްމީ ދުވަސްތަކުގެ އިތުރުން ހޮނިހިރު ދުވަހު ވެސް އިތުރު ގަޑި ނަގައިދޭ ކަމަށް ބައެއް ސްކޫލުތަކުގެ ޓީޗަރުން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނީ، ހޮނިހިރު ދުވަހުގައި އާންމުކޮށް ކިޔަވައިދޭން އެ މިނިސްޓްރީން އަންގާފައިނުވާނެކަމަށެވެ. އަދި އެގޮތަށް ހުއްދަ ދީފަވެސް ނުވާނެކަމަށެވެ.

އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ ގެއްލޭ ފިލާވަޅުތަކާއި، ރިމީޑިއަލް ކްލާސްތަކާއި، އެންރިޗްމެންޓް ކުލާސްތައް އަބަދުވެސް ސްކޫލްތަކުން ހަފްތާ ބަންދުގައި ކުރިއަށްގެންދާކަން ވުޒާފާއިން ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ނަގައިދޭ ކްލާސްތައް ކުރިއަށްގެންދިއުމުގައި އެއްވެސް ހުރަހެއްނެތްކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355