twitterviber whatsapp telegramfacebookyoutube instagram
4th May 2024

ލަންކާއިން އެތެރެކޮށްފައިވާ ޕެނެޑޯލް ބޭނުންކޮށް ވިއްކުން މަނާކޮށްފި

Jan 30, 2024

ޕެނަޑޯލް ނުކެއުމަށާއި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު އެލާޓެއްގައި ބުނެފައިވަނީ ސްރީލަންކާގެ ސްމިތްކްލިން ބީޗަމް ކުންފުނިން އުފައްދާފައިވާ ޕެނެޑޯލް 500 މިލިގްރާމްގެ ބޭސް ޓެސްޓުކުރިއިރު ބޭހުގެ ބައެއް ގުޅަތައް ފުނޑުވެ، ބޭސްގުޅައިގެ ވަށައިގެން ތަންތަންކޮޅުން ނެއްޓިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނި ގޮތުގައި އެފަދަ މައްސަލަތައް އާންމުކޮށް ދިމާވަނީ ބޭސް އުފެއްދުމުގައި ނުވަތަ ބޭސް ރައްކާތެރިކުރުމުގައި ފުރިހަމަކުރަންޖެހޭ މިންވަރަށް ނުކުރުމުންނެވެ. އަދި މިފަދަ މައްސަލައެއް ދިމާވެފައިވާ ބޭސް ބޭނުންކުރުމުން ބޭހުން ލިބެންޖެހޭ ފައިދާ ނުވަތަ ބޭހުގެ "އިފެކްޓް" ނުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.


މިބޭހުން ފާހަގަވި މައްސަލަ ދިމާވާން މެދުވެރިވި ސަބަބު އެ އޮތޯރިޓީގެ ފަރާތުން ދަނީ ބަލާ ދިރާސާ ކުރަމުންނެވެ. އެހެންކަމުން ވަކި ގޮތެއް އަންގަންދެން، ފާމަސީތަކުންނާއި، އާއްމު ފިހާރަތަކުން މިވަގުތު މިބޭސް ނުވިއްކުމަށް އެމްއެފްޑީއޭއިންވަނީ އަންގަވާފައެވެ.

މި އިންވެސްޓިގޭޝަން ނިމެންދެން މި ބޭސް ރާއްޖެ އެތެރެކުރުން "ރެސްޓްރިކްޓް" ކުރެވިފައިވާ ކަމަށާއި، މިވަގުތު ފާމަސީތަކާއި ބޭސް ރައްކާކުރާ ގުދަންތަކުގައި އަދި އާއްމު ފިހާރަތަކުގައި ހުރި މި ބޭހުގެ ސްޓޮކް ވަކި ކުރުމަށްފަހު ބޭސް ރައްކާކުރުމަށް ކަނޑައެޅިފައިވާ ފިނިހޫނުމިނުގައި ބެހެއްޓުމަށް އެ އޮތޯރިޓީއިން ވަނީ އަންގަވާފައެވެ.

މި ޕެނެޑޯލަކީ ރާއްޖޭގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއް ބޭހެވެ. މި ބްރޭންޑުގެ އިތުރުން ޕެރެސެޓަމޯލް 500 މިލިގްރާމްގެ އިތުރުން 11 ބްރޭންޑަކާއި ޕެރަސެޓަމޯލް 650 މިލިގްރާމްގެ 7 ބްރޭންޑެއް އެޕްރޫވް ޑްރަގް ލިސްޓުގައި ހިމެނޭކަން އެމްއެފްޑީއޭއިން ފާހަގަކޮށްފައެވެ.

ރާއްޖެ އެތެރެކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމަށްޓަކައި އެމް.އެފް.ޑީ.އޭއިން އަންނަނީ ފޯސްޓް މާރކެޓް ސާވައިލަންސް ޕްލޭން އެއް ހަދާ، އެ ޕްލޭނާއި އެއްގޮތަށް ރެންޑަމް ސާމްޕަލް ނަގާ، ބޭހުގެ ކޮލިޓޭޓިވް އަދި ކޮއަންޓީޓޭޓިވް ޓްސްޓުތައް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355