twitterviber whatsapp telegramfacebookyoutube instagram
20th August 2025

އިންޓަރ ސްކޫލް އެތުލެޓިކްސް މީޓްގައި ސިޒާންއަށް ދެ ރަންމެޑަލް

ނަބީލާ އިސްމާޢީލް
Feb 18, 2024
1

އައްޑޫގައި ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި 17 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލުގެ ސިޒާން އަލީ ރިޒާ ހޯދައިފި އެވެ.

ސިޒާން އަކީ އެސްކޫލުން މި މުބާރާތުގައި ބައިވެރިވި ހަމައެކަނި ދަރިވަރެވެ. އޭނާ ވަނީ މި މުބާރާތުގައި 100މ ދުވުމުންނާއި ލޯންގު ޖަމްޕުން ރަން މެޑެލް ހޯދާފަ އެވެ. އަދި 200މ ދުވުމުން ލޯ މެޑެލް ހޯދާފަ އެވެ.

މި މުބާރާތް އޮތީ މި މަހު 11-16 އަށް އައްޑޫ ސްޓޭޑިއަމްގަ އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މިމުބާރާތުގައި މި އަހަރު 37 ސްކޫލަކުން ވަނީ ވާދަކޮށްފަ އެވެ.

އަފީފުއްދީން ސްކޫލުގެ އިތުރުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުންވެސް ވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355