twitterviber whatsapp telegramfacebookyoutube instagram
3rd May 2024

މަސްވެރިން ހާލުގައި ޖެއްސީ ނިމިދިޔަ ސަރުކާރުން: މޮސްޓާ

Feb 19, 2024

މަސްވެރިންނަށް ފައިސާ ނުދީ ހާލުގައި ޖެއްސީ ކުރީގެ ސަރުކާރުން ކަމަށް ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ.

މަސްވެރިންނަށް ސަރުކާރުން ދޭން ޖެހޭ ފައިސާ ވީ އެންމެ އަވަހަކަށް ދިނުމަށް ގޮވާލާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ޤަރާރަށް ބަހުސް ކުރައްވަމުން މޮސްޓާ ވިދާޅުވީ ދިވެހި ރާއްޖޭގެ ތާރީހުގައިވެސް މަސްވެރިން އެންމެ ގިނައިން މުޒާހަރާ ކުރީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ކަމަށާއި ކުރީ ސަރުކާރުން މިފްކޯ ހިންގީ ފައިދާއަކު ނޫން ކަމަށާއި މިއީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުންނާއި މިފްކޯ ބަގުރޫޓްކޮށްލުމުގެ ގޮތުން އެމްޑީޕީން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

އެމްޑީޕީ ސަރުކާރުގައި މަސްވެރިން ކުރި ވަރަށް މުޒާހަރާ އެއްވެސް ސަރުކާރެއްގައި ކޮށްފައިނުވާ ކަމަށާއި މަސްވެރިންނަށް ފައިސާ ނުދީ މަސްވެރިން ހާލުގައި ޖެއްސީ އެމްޑީޕީ ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަތްވާއި ވާރޭގައި ރެޔާއި ދުވާލު ލޯބޯ ފިއްސައިގެން މަސްވެރިން އެކުރާ މަސައްކަތް އެމީހުންގެ އިހުސާސްތަކާއި ކުޅެ ރައީސް މުއިއްޒުގެ 3 މަސް ނުވާ ސަރުކާރެއް، ރައީސް ހުވަދޫއަށްދާއިރު އެތާނގައި ގަނޑުބަނޑު ހަދަންވެގެން މިކުރާ ކަންތައްތައް ހުއްޓާލުމަށް ހުވަދޫ މެންބަރުންނާއި މިކަމުގައި ހައިޖާނު ހަދަން އުޅޭ އެމްޑީޕީގެ މެންބަރުންނަށް ގޮވާލަން." މޮސްޓާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ ކަންތައްތައް ހައްލުކުރަން މަސައްކަތް ކުރާނީ ރައްޔިތުންގެ އިހްސާސަތަކާއި ކުޅެގެންނޫން ކަމަށާއި ކުރީ ސަރުކާރުގެ ދައުރު ނިމެން ކައިރިވެފައިވަނިކޮށް ދެން އަންނަ ސަރުކާރަކަށް ޖެއްސުން ކުރުމުގެ ނިޔަތުގައި މަސްކިލޯއެއް 15 ނުވަތަ 18 ރުފިޔާއިން 25 ރުފިޔާއަށް ހަދާފައިވާކަން މޮސްޓާ ވިދާޅުވި އެވެ.

"ނިމިދިޔަ ސަރުކާރު ނިމެން ކައިރިވީމާ، ސަރުކާރު ވެއްޓެން ކައިރިވީމާ، އަންނަ ސަރުކާރަކަށް ޖެއްސުން ކުރަންވެގެން 18 ރުފިޔާއަށް 15 ރުފިޔާއަށް ހުރި ކިލޯ 25 ރުފިޔާއަށް ހަދާފައި 400 އާއި 500 މިލިޔަނުން ދަރުވާލިކަން ރައްޔިތުންނަށް އޮޅިފައެއް ނޯންނާނެ." މޮސްޓާ ވިދާޅުވިއެވެ.

މީގެއިތުރުން ކަންތައްތައް ކުރަންޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން އިންސާފަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މީގެ ކުރިން އެމްޑީޕީ މީހުން މަސްވެރިންގެ ހައްޤުގައި އަޑު އުފުލާފައި ނުވާ ކަމަށާއި މިހާރު އަޑުއުފުލުމުގެ ބޭނުމަކީ ރައްޔިތުންގެ ލޭ ކައްކުވައި ސަރުކާރު ހިންގުމަށް ދަތިކުރުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355