twitterviber whatsapp telegramfacebookyoutube instagram
28th June 2026

މަކުނުދޫ ފަޅުގައި ތަރައްގީކުރި ރިސޯޓް ހުޅުވަން ތައްޔާރުވެއްޖެ

ނަބީލާ އިސްމާޢީލް
Feb 21, 2024

ހދ މަކުނުދޫ ފަޅުގައި އޮންނަ، ދިއްޕަރަފުށީގައި ތަރައްގީކުރި ރިސޯޓް "ސޮނެވާ ސީކްރެޓް" އަންނަ މަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ސޮނެވާ ސީކްރެޓް ހުޅުވުމަށް ސޮނެވާއިން ތައްޔާރުވަމުން އަންނަނީ އަންމަ މަހުގެ 7 ވަނަ ދުވަހު އެވެ. އެގޮތުން ރެސޯޓު މާކެޓު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށް ގެންދަމުންނެވެ.

ހދ އަތޮޅުގައި ރެސޯޓެެއް ތަރައްޤީކުރީ ރާއްޖޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓް ބްރޭޑް ކަމުގައިވާ ސޮނެވާއިންނެވެ. މި ރިސޯޓަކީ ސެނޮވާއިން ރާއްޖޭގައި ތަރައްޤީކޮށް ހިދުމަތަށް ނެރޭ 3 ވަނަ ރިސޯޓެވެ.

އަލަށް ހުޅުވާ މި ރިސޯޓްގައި ފްލޯޓިންގ ވިލާ ހިމެނިފައިވާއިރު ދެ ފަންގިފިލާއަށް ފަރުމާކޮށްފައިވާ މި އެކްސްކްލޫސިވް ވިލާއަށް ވަދެވޭނީ ހަމައެކަނި ކަނޑުމަގުންނެވެ.

މީގެ އިތުރުންވެސް އިިތުރު 5 ވައްތަރެއްގެ ވިލާތައް މި ރެސޯޓުގައި ހުންނާނެ ކަމަށް ސޮނެވާއިން ވަނީ ބުނެފައި އެވެ.

ހދ ދިއްޕަރުފުށީގައި ތަރައްގީކޮށްފައިވާ މި ރިސޯޓުގެ އިތުރުން އެ އަތޮޅު ހޮނޑާފުށީގައިވެސް ވަނީ 2018 ވަނަ އަހަރު ރިސޯޓެ ހުޅުވާފަ އެވެ.

ސޮނެވާއިން އަންނަނީ ބ އަތޮޅުގައި ސޮނެވާފުށި ރެސޯޓާއި ނ އަތޮޅުގައި ސޮނެވާ ޖާނީ ރެސޯޓް ހިންގަމުންނެވެ. އެދެރިސޯޓަކީވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދެ ރެސޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355