twitterviber whatsapp telegramfacebookyoutube instagram
13th February 2026

ރޯދަ މަހު ސަރުކާރު މުވައްޒަފުން މަސައްކަތްކުރާނީ ހަތަރު ގަޑިއިރަށް

Feb 26, 2024

މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި އަހަރުގެ ރަމަޟާންމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށެވެ.

އެ ދުވަސްތަކުގައި އެ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އަންގާފައި ވެއެވެ.

ރައީސް އޮފީހުން ރަމަޟާން މަހު ސަރުކާރުގެ އޮފިސްތައް ހުޅުވާ ގަޑި އިއުލާން ކޮށްފައިވާއިރު، މި ސަރުކާރުން ވަނީ ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ކަނޑައަޅައިފައެވެ.

ސަރުކާރުން ވިދާޅުވި ގޮތުގައި މިގޮތަށް ހަމަޖެއްސެވީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމު ކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ސަރުކާރުގެ ރިޔާސީ ވައުދަކަށްވާތީއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355