twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރައީސް އަރިސް ބޭފުޅުން، އަމިއްލަ ކެންޑިޑޭޓް އައިމަންއާއެކު

އަބްދުލް ވާހިދު ޙަސަން
Mar 1, 2024
10

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ސަރުކާރުގެ ތާއިދު އޮތް ކެންޑިޑޭޓާމެދު ސުވާލު އުފެދިފައިވަނިކޮށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅުން އަމިއްލަ ގޮތުން ވާދަކުރައްވާ އައިމަން މުހައްމަދަށް ތާއިދުކުރައްވާކަން ހާމަކުރައްވައިފި އެވެ.

ޕީޕީއެމް/ޕީއެންސީ ޕްރައިމަރިގައި ވާދަކުރެއްވި އައިމަން މުހައްމަދު ބަލިވީ އޭނާގެ އެއްބަފާ ބޭބޭ، ފަރުހަތު މުހައްމަދާ ވާދަކުރައްވާ އެންމެ 7 ވޯޓްގެ ތަފާތުންނެވެ. ޕްރައިމަރީ ބަލިވުމުންވެސް އައިމަން ވަނީ އަމިއްލަގޮތުން ވާދަކުރައްވަން ނިންމާފަ އެވެ. އަދި އޭނާ ވިދާޅުވަމުންގެންދަވަނީ އޭނާއަކީ ސަރުކާރުގެ ތާއިދު އޮތް ކެންޑިޑޭޓް ކަމަށެވެ.

އެގޮތުން ގައުމީ ޓީވީގައި ބޭއްވި ބަހުސްގައިވެސް އައިމަން ވަނީ އޭނާއަކީ ސަރުކާރުގެ ކެންޑިޑޭޓްކަން ތަކުރާރުކުރައްވާ ވާހަކަދައްކަވާފަ އެވެ.

އެހެން ރަށްތަކަށް ވަޑައިގެން ސަރުކާރުގެ ކެންޑިޑޭޓަކީ ކޮން ބޭފުޅެއްކަން ރައީސް ޑރ މުއިއްޒު ހާމަކުރެއްވި ނަމަވެސް ކުޅުދުއްފުއްޓަށް ވަޑައިގެން އެކަން އެގޮތަށް ކުރައްވާފައެއް ނުވެ އެވެ.

އެކަމަކު ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅެއްކަމަށްވާ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު ވަނީ އައިމަންއާއެކު ފޮޓޯ ނަންގަވައި އޭނާއަށް ތާއިދުކުރައްވާކަން ހާމަކުރައްވާފަ އެވެ. އަދި ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރްޔަމް ޝިއުނާވެސް ވަނީ އައިމަންއަށް ތާއީދުކުރައްވާކަން ހާމަކުރައްވާފަ އެވެ.

ޝިއުނާ ވިދާޅުވެފައިވަނީ ސަރުކާރާ ގުޅިގެން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ތަރައްގީ ގެނެވޭނީ އައިމަންއަކަމަށް ވިދާޅުވެފަ އެވެ. އަދި މީގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު ޑެޕިއުޓީ މިނިސްޓަރު އަދި ޕީއެންސީގެ ސެނެޓަރ މުހައްމަދު ނާޝިދު އައިމަންއަށް ތާއިދުކުރައްވާކަން ހާމަކުރައްވާ ވިދާޅުވީ، ސަރުކާރުގެ ކެންޑިޑޭޓަކީ އައިމަން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355