twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ޝަރީއަތުގައި ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ ސޮފްޓްވެއާއެއް ތައާރަފުކޮށްފި

ނަބީލާ އިސްމާޢީލް
Mar 2, 2024

ކޯޓުތަކުގައި ކުރިއަށްދާ ޝަރީއަތްތަކުގައި ދިވެހި ބަހުން ދައްކާ ވާހަކަ އޮޓޯއިން ލިޔެވޭ ސްޕީޗް ޓު ޓެކްސްޓް" ސޮފްޓްވެއާ "ކޭލި" އިފްތިތާހުކޮށްފި އެވެ.

މި ސޮފްޓްވެއާ އިފްތިތާހުކުރީ ދަރުމަވަންތަ ހޮސްޕިޓަލުގެ އުޑުވިލާ ކޮންފަރެންސް ހޯލުގައި ބޭއްވި ރަސްމިއްޔާތެއްގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.

މިއީ ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން ތައްޔާރުކޮށްފައިވާ ސޮފްޓްވެއާއެކެވެ.

ޑީޖޭއޭއިން ބުނީ، އެ ސޮފްޓްވެއާ ތައާރަފުކުރީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހިންގުން މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

މިއީ އެފަދަ ސޮފްޓްވެއާއެއް ޝަރުއީ ދާއިރާގައި ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރުކަން ފާހަގަކޮށް ޑީޖޭއޭއިން ބުނީ އެ ސޮފްޓްވެއާ ބޭނުން ކުރަން ފެށުމާއެކު ޝަރީއަތްތަކުގެ ރެކޯޑިންތައް އަކުރުން އަކުރަށް ލިޔުމަށް ހޭދަވާ ވަގުތު އެތައް ގުނައަކަށް ކުޑަކުރެވޭނެ ކަމަށެވެ. އަދި ކޯޓުތަކުގެ ބަޔާންތައް ދުވަހުން ދުވަހަށް ހަލުވިކަމާއެކު ނިންމުމުގެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ.

ޝަރީއަތުގައި ދައްކާ ވާހަކަތައް މިހާރު ލިޔަނީ އަޑުއެހުން ރެކޯޑް ކުރުމަށްފަހު މުވައްޒަފުން އެ ރެކޯޑިން އަޑުއަހައިގެންނެވެ. މިކަމަށް ވަރަށް ގިނަ ވަގުތު ހޭދަވެ އެވެ.

"ކޭލި" ސޮފްޓްވެއާ ބޭނުންކުރަން ފެށުމުން މިކަމަށް ހޭދަވާ ވަގުތު ކުޑަވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355