twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކަނބަލުންގެ މަސްރޭހުގެ ކެޔޮޅަކަށް އައިޝަތު ލަތީފަ

Mar 9, 2024

ކުޅުދުއްފުށީ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ން އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެނުންނަށް ހާއްސަކޮށްގެން ކުޅުދުއްފުށީގައި ބޭއްވި މަސްރޭހުގައި އެންމެގިނަ މަސްބާނައިގެން މުބާރާތުގެ ކެޔޮޅުކަން ކާމިޔާބުކޮށްފައިވަނީ "ޓީމް ދަމާ" ނަގާގެ އާއިޝަތު ލަތީފާ އެވެ. އާއިޝަތު ވަނީ ޖުމްލަ 28 މަސް ބާނާފަ އެވެ.

ޖުމްލަ 12 ޓީމަކުން މި މަސްރޭހުގައި ބައިވެރިވެފައިވާއިރު މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޓީމް ދަމާ ނަގާއެވެ. ދެވަނައަށް ޔުނިކް ފުރެންޑު އަދި ތިން ވަނަ އަށްގޮސްފައިވަނީ ޓީމް ލައްޓިއެވެ.

ބައިވެރިވެފައިވަނީ ޓީމް ގިޔޮޅު، ކުލަބު ތިލަ ދެކުނު، ޓީމް ބުޅި ކެނޑި، ޓީމް އެފްސީއެސްސީ، ޓީމް ޕެންޑާ، ޓީމް ރެހެންދީ، ޓީމް ސަރަފް، ޔުނީކް ފުރެންޑްސް، ޓީމް ނިދަން މިޔަރު، ޓީމް ލައްޓިގެ އިތުރުން ނޭބަރހުޑް ޕޮލިސް އަދި ދަމާ ނަގާ އެވެ.

މުބާރާތުގައި ހޮވާފައިވާ އިތުރު ވަނަތަކަކީ:

  • އެންމެ ޒުވާން މަސްވެރިޔާ- އާއިޝަތު އިޝާ އަސްރަފް، 14 އަހަރު (ޓީމް ސަރަފް)
  • އެންމެ ބަރު މަސް ބޭނި މަސްވެރިޔާ- އަމީނާ އުސްމާން، 6.95 ކިލޯ (ނޭބާރހުޑް ޕޮލިސް ޓީމް)

ޗެމްޕިއަންކަން ހޯދި ދަމާ ނަގާ ޓީމުން ބާނާފައިވަނީ 51.85 ކިލޯ މަހެވެ. ދެވަނައަށް ދިޔަ ޔުނިކް ފުރެންޑުން 43.1 ކިލޯ އަދި 3 ވަނަ އަށްދިޔަ ލައްޓި ޓީމުން 33.55 ކިލޯ މަސްވަނީ ބާނާފަ އެވެ.

މަސްރޭސް ނިންމުމުގެ ރަސްމިއްޔާތުގައި ވަނަ ވަނައަށްދިޔަ ފަރާތްތަކަށް އިނާމު ދެއްވީ ކުރީގެ ޑަބްލިއުޑީސީގެ މެންބަރުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355