އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.
އީސްޓާއި އެއް ސައި ސަމުސާ ހަކުރާއި ތާފަނާ ފެން ފޮދާއި އެކު ބޯތައްޓަކަށް އަޅާފައި 5 މިނިޓް ވަންދެން ބަހައްޓާލާށެވެ.
ފުއް ބޮޑު ބޯލް އަކަށް އަޅާފައި އޭގެ ތެރެއަށް ބާކީ ހުރި ހަކުރާއި ލޮނު އެއްކޮށްފައި ސަމުސަލުން އެއްކޮށްލާށެވެ. ދެން ކިރާއި ބަޓަރާއި ބިސް އަދި ގިރާފައި ހުރި އީސްޓް ވެސް އެއް ކޮށްލާށެވެ. އެއަށް ފަހު ހުރި ހާ ބާވަތް އެއްކޮށް ފައި މަތި ރަނގަޅަށް ބަންދު ކޮށްފައި ދެ ގަޑި އިރުވަންދެން ބަހައްޓާލާށެވެ. ޓްރޭގައި ބަޓަރ ހާކާފައި ބޭކިންގ ޕޭފަރ ފަތުރާފައި ބަހައްޓާށެވެ. މުގުރި ފޮނިތޮށްޓާއި ބްރައުން ޝުގަރ މިކްސް ކޮށްފައި ބަހައްޓާށެވެ. ފުއްގަނޑު ކަވަރުން ނައްޓާފައި ސަމުސަލުން އެއްކޮލާށެވެ.
ފުއް މޮޑޭ ތަށި މައްޗަ ހިކި ފުށްކޮޅެއް ބުރުވާފައި ކަވަރ ކުރި ފުށްގަނޑު ތަށީގައި ބާއްވާފައި ކުޑަކޮށް ހާކާލާފައި 3/1 އިންޗި ބޯމިނަށް ހަތަރެސްކަނަށް ދަމާލާށެވެ. ފުށްގަނޑު މަތީގައި ޕޭސްޓްރީ ބްރަޝް އަކުން ބަޓަރު ހާކާލާށެވެ. ބްރައުން ޝުގަރ އާއި އެއްކޮށްފައި ހުރި މުގުރި ފޮނި ތޮށި ފުއްގަނޑު މައްޗަށް ބުރު ބާލާށެވެ. ފުށްގަނޑު ދިގަށް ރޯލެއް ގޮތަށް އޮޅާފައި ދެކޮޅު ރީތިކޮށްލާށެވެ. އެއަށްފަހު ދޮޅު އިންޗި ހުންނަ ވަރަށް ބުރި ބުރި ކޮށްލާށެވެ. ޓްރޭގައި ކަފާފައި ހުރި ބައި މައްޗަށް ވާ ގޮތަށް އަތުރާފައި ކަވަރ ކޮށްފައި 45 މިނިޓް ވަންދެން ބަައްޓާށެވެ. 140 ޑިގްރީ ސެލްސިއަސް ގައި 30 މިނިޓް ފިހެލާށެވެ. ފިހެވުނީމާ މަތީގައި ދިޔާ ކޮށްފައި ހުރި ބަޓަރ ކޮޅެއް ހާކާލާފައި 2/1 ގަޑި އިރު ބަހައްޓާށެވެ. ދެން ޕޮލިސިންގ އަށް ހުރި ހުރިހާ ބާވަތް އެއްކޮށްފައި ވިސްޗަރަކުން ރަނގަޅަށް ގިރާލާފައި ރޯލްތައް މަތީގައި ޕޭސްޓްރީ ބްރަޝް އަކުން ހާކާލާށެވެ.
މަސްދަރު: ޓޫޕޭސްޓް އެންޑް ދެއަރޕޮޓް