twitterviber whatsapp telegramfacebookyoutube instagram
28th April 2024

ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި ބެޗެލަރ އޮފް ފާމަސީ ކޯސް ހެދުމުގެ ފުރުސަތު

Mar 13, 2024

ދިވެހިރާއްޖޭގައި މިވަގުތު 400 އަށްވުރެ ގިނަ ފާމަސީ ހުރިއިރު، ފާމަސިސްޓުންގެ ގޮތުގައި މަސައްކަތްކުރަނީ، ޑިގްރީ، ޑިޕްލޮމާ އަދި އެޑްވާންސްޑް ޑިޕްލޮމާ ފެންވަރު ހުރި 75 ދިވެހިންނެވެ.

މި އަދަދުގެ 3 ގުނައަށްވުރެ ގިނަ ބިދޭސީން ރާއްޖޭގައި ފާމަސިސްޓުންގެ ގޮތުގައި މަސައްކަތް ކުރެއެވެ. ވުމާއެކު، ރާއްޖޭގައި ތިބެގެން ރާއްޖޭގެ ކޮލެޖެއްގައި ޑިޕްލޮމާ އަދި ޑިގްރީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ފަހިވުމަކީ ވަރަށް މުހިއްމުކަމެކެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އާއި އެލައިޑް ހެލްތު ކައުންސިލްގެ ރުހުމާއެކު، ވިލާކޮލެޖުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ އިންޓޭކުގައި، ބެޗެލާރ އޮފް ފާމަސީ ކޯސް ވަނީ އަލަށް ތައާރަފްކުރެވިފައެވެެ. މި ޕްރޮގްރާމް ނިމޭއިރު ދަރިވަރުން ތިބޭނީ ފާމަސިސްޓުންގެ ގޮތުގައި ކެރިއަރު ކުރިއަށް ގެންދިއުމަށް ރަނގަޅަށް ތައްޔާރުވެފައެވެ.

މި ޕްރޮގްރާމްގެ އިތުރުން ވިލާ ކޮލެޖުން ކިޔަވައިދޭ ހެލްތު ސައިންސަސްގެ ހުރިހާ ޕްރޮގްރާމްތަކުގައި ވެސް ރާއްޖޭއިން ބޭރުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު (އެކްސްޓާންޝިޕް) ފަހިކޮށްދެވިފައިވެއެވެ.

ޖުމްލަ ހަތަރު އަހަރުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ޖުމްލަ 46 މޮޑިއުލް ހިމެނެ އެވެ. އޭގެ ތެރެއިން ފަހު އަހަރު ހާއްސަކޮށްފައިވަނީ ކޯހުންނާއި އެކްސްޓާންޝިޕްއިން ދަސްވި ކަންތައްތަކަށް ބިނާކޮށް، އަމިއްލައަށް ދިރާސާތައް ހެދުމަށެވެ.

ކޯހުގެ ޝަރުތުތައް:

● އޭ ލެވެލް ތިން މާއްދާއިން ފާސްވެފައިވުން (ކެމިސްޓްރީ އާއި ފިޒިކްސް ހިމެނޭ ގޮތަށް)

(ނުވަތަ)

● ޝަހާދާ ސާނަވީގެ ތިން މާއްދާއިން ފާސްވެފައިވުން (ކެމިސްޓްރީ އާއި ފިޒިކްސް ހިމެނޭ ގޮތަށް)

(ނުވަތަ)

● ގުޅޭ ދާއިރާއަކުން ލެވެލް ހަތަރެއްގެ ފާހެއް އޮތުން

(އަދި)

● ޖީސީއީ އޯ ލެވެލް/އައިޖީސީއެސްއީ ނުވަތަ އެއް ފެންވަރެއްގެ އިމްތިހާނަކުން އިނގިރޭސި މާއްދާއިން ފާސްވެފައިވުން

● ރާއްޖެއިން ނުވަތަ ރާއްޖެއިން ބޭރުން ވިޔަސް ދެ އަހަރު ދުވަހުގެ، ޑިޕްލޮމާ އިން ފާމަސީ ކޯހެއް (އެމް.އެން.ކިޔު.އެފް ލެވަލް 5) ފުރިހަމަ ކޮށްފައި ތިބޭ މީހުންނަށް ވިލާ ކޮލެޖުގެ އެޑްވާންސްޑް ޑިޕްލޮމާއަށް ނުވަތަ ޑިގްރީގެ ތިން ވަނަ އަހަރަށް ވަދެވޭނެ

● ތިން އަހަރުގެ އެޑްވާންސްޑް ޑިޕްލޮމާއެއް (އެމް.އެން.ކިޔު.އެފް ލެވަލް 6) ނިންމާފައި ތިބޭ މީހުންނަށް ވިލާ ކޮލެޖުގެ ބެޗެލާ އޮފް ފާމަސީ ޕްރޮގްރާމްގެ ހަތަރު ވަނަ އަހަރަށް ވަދެވޭނެ

ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީޚަކީ 20 އެޕްރިލް 2024 ވާ ހޮނިހިރު ދުވަހެވެ. ކޯސްތަކުގެ ކިޔެވުން، މެއި މަހުގެ ފަހު ހަފްތާ ތެރޭގައި ފެށޭނެއެވެ.

ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވައިގެން ނުވަތަ ވައިބާރ ކޮށްލައްވައިގެން ހޯދާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355