twitterviber whatsapp telegramfacebookyoutube instagram
26th August 2025

ރެސިޕީ: ފުށްޖެހި ކަވާބު

Mar 14, 2024

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

މަސްގަނޑު ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

2 ދަޅު މަސް
3 ޖޯޑު އަލުވި (ފެނު ކައްކާ ޗިސްކޮށްފައި)
1 ގިތެޔޮ މިރުސް (ކޮށާފައި)
1 ސައިސަމުސާ މުގުރި އަސޭމިރުސް
1 މޭޒުމަތީ ސަމުސާ އިނގުރު (ގާނާފައި)
1 މޭޒުމަތީ ސަމުސާ ލޮނުމެދު (ގާނާފައި)
3 ފިޔާ (ކޮށާފައި)
2 ލުނބޯ (ނުވަތަ ބޭނުން ވަރަކަށް)
ހިކަނދިފަތް،
ލޮނު (ރަހަލާވަރަށް)

ފުށްގަނޑަށް ބޭނުންވާ ތަކެތި:

3 ޖޯޑު ފުށް
3 ބިސް
1 ސައިސަމުސާ ލޮނު
1/2 ސައިސަމުސާ ރީނދޫ
1/2 ސައިސަމުސާ ބޭކިން ޕައުޑާ

ފިޔާ، މިރުސް، އަސޭމިރުސް، އިނގުރު، ލޮނުމެދު، ހުތް، ލޮނު ޖަހައިގެން މޮޑޭށެވެ. އެއަށްފަހު އޭގެ ތެރެއަށް މަސް އަޅައި މޮޑެލުމަށްފަހު އަލުވިތައް އަޅައި އެއްކޮށްލާށެވެ. ރަހަތައް ރަނގަޅުވަންދެން މޮޑެފައި މަސްގަނޑު އެއްކޮށްލާށެވެ.

ފުށްގަނޑު ތައްޔާރު ކުރުމަށް ފުށުގެ ތެރެއަށް ލޮނު، ރީނދޫ، ބޭކިން ޕައުޑަރު އަދި ބިސް އަޅާފައި އެއް ކުރާށެވެ.

މަސްގަނޑުން ކުދި މަސް ގުޅަ ހެދުމަށްފަހު ފުއްގަނޑުގެ ތެރެއަށް ލާށެވެ. ފުއްގަނޑު ހުންނާނީ ކޮންމެވެސް ވަރަކަށް އޮލަކޮށެވެ. ދެން އުނދުންމައްޗަށް ތެޔޮ ތާސް އުދާށެވެ. ފަހަރަކު ކަވާބެއް ސަމުސަލުން ނަގަމުންގޮސް ހޫނުކޮށްފައި ހުރި ތެޔޮ ތާހުގެ ތެރެއަށް ލާފައި ތެލުލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355