twitterviber whatsapp telegramfacebookyoutube instagram
28th April 2024

ސްކޫލްތަކުގެ ދެވަނަ ޓަރމްގެ އިމްތިޙާނު ބާއްވާ ދުވަސްތަކަށް ބަދަލު ގެނެސްފި

Mar 16, 2024

މިއަހަރު ބޭއްވުމަށް ހަމަޖެހެފައިވާ ރައްޔިތުންގެ މަޖިލީސް އިންތިހާބާ، ގްރޭޑް 7، 8 އަދި 9ގެ އިމްތިހާނާ ދިމާވާތީ ދަރިވަރުންގެ ފައިނަލް ޓެސްޓްތައް ފަށާ ދުވަސް އަވަސްކޮށްފިއެވެ.

މި ހިނގަމުންދާ ދިރާސީ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން އިމްތިހާނުތައް ފަށަން ހަމަޖެހެފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީއިން ނެރުނު ސާކިއުލާގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަނީ އަންނަ މަހުގެ 21ގައި ކަމަށް ވާތީ ޓެސްޓްތައް ނެގުމުގެ ތާރީހު ބަދަލު ކުރީ ކަމަށެވެ.

އެ ސާކިއުލާގައި ވަނީ ޓެސްޓުތައް ބާއްވާނީ މި މަހުގެ 27 އިން އަންނަ މަހުގެ 25ގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގައި ކަމަށެވެ. އެހެންކަމުން، އެ ދުވަސްތައް ރޯދަމަހާ ވެސް ދިމާވެއެވެ.

އެ ސާކިއުލާގައި ވަނީ، އަންނަ މަހުގެ 20 ވަނަ ދުވަހު އިމްތިހާނު ކުރިއަށް ގެންދާނަމަ އީސީން އެ ސްކޫލަކަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާ މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި، 2023/2024ގެ ދިރާސީ އަހަރުގެ ކަލަންޑަރުގައި އޮތް ގޮތުން ދެވަނަ ޓާމް ނިމޭނީ ޖޫން 13ގައެވެ. އަދި ޖެހިގެން އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ ޖުލައި 31ގައެވެ.

ނަމަވެސް ދިރާސީ އަހަރު ފެށުން ޖެނުއަރީ މަހަށް ބަދަލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނައި ބަދަލަކުން، ދެން އޮންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އަންނަ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355