twitterviber whatsapp telegramfacebookyoutube instagram
28th April 2024

ރެސިޕީ: ކުޅި ބޯކިބާ

ނަބީލާ އިސްމާޢީލް
Mar 17, 2024

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

ބޭނުންވާނެ ތަކެތި:

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފަ)
1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފަ)
2 ހިކަނދި ފަތް (ހިމުންކޮށް ކޮށާފަ)
1 ޖޯޑު ކާށި ހުނި
1 ސައިސަމްސާ އިނގުރު
2 ދަޅު މަސް
4 ލޮނުމެދު (ހިމުންކޮށް ކޮށާފަ)
1 ސައިސަމްސާ ރީނދޫ
2 ޖޯޑު ހަނޑޫ
ރަހަ ހެޔޮވަރު ވާވަރަށް ލޮނު
1 ސައިސަމްސާ އަސޭމިރުސް
2 ލުނބޯ

ތައްޔާރު ކުރާ ގޮތް:

ހަނޑޫ ކޮޅު ތައްޓަކަށް އެޅުމަށް ފަހު ފެން އަޅާ 7 ގަޑިއިރަށް އެ ހަނޑޫ ފެނުގައި މަޑުކުރަން ބަހައްޓާށެވެ. ހަނޑޫ މަޑު ވުމުން ހަނޑޫކޮޅު ދޮވެ ސާފުކޮށްލާފައި ފެން ޖަހާ ހަނޑޫ ފުށަށް ވަންދެން މިކްސަރުން މުގުރާށެވެ. މުގުރަން ވާނީ އެހާ ހިމުން ނުވާ ގޮތަށް ތަންކޮޅެއް ރާޅުކޮށެވެ.

ފިޔައި، ހިކަނދިފަތް، މިރުސް އަދި ލޮނުމެދު ތައްޓަކަށް އެޅުމަށްފަހު ލޮނު އަޅާ ރަނގަޅަށް މޮޑެލާށެވެ. ދެން މަސްކޮޅާއި ފިޔާ ކޮޅު އެއްކޮށްލާ އޭގެތެރެއަށް ރީނދޫ ކޮޅު އަޅާއި އިނގުރުކޮޅު އަޅާ ރަނގަޅަށް މޮޑެލާށެވެ. އޭގެތެރެއަށް ހުނި އަޅާ މޮޑެލުމަށް ފަހު ލުނބޯ ހުތް ޖަހާ އެއްކޮށްލާށެވެ. ދެން ތައްޔާރު ކުރި ހަނޑޫ ފުއްގަނޑު މަސްހުނި ކޮޅު ތެރެއަށް އަޅާ ރަނގަޅާށް އެއްކޮށްލާށެވެ.

އަވަނުގައި ފިހާނަމަ 180 ޑިގްރީގައި ބޯކިބަ ފިހާށެވެ. ގޭސް އުދުނުގައި ފިހާނަަމަ ފިހަން ވާނީ މަޑު ގިނީގައެވެ. ބޯކިބަލަށް މުށިކުލަ އަރަންދެއް ފިހަން ވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355