twitterviber whatsapp telegramfacebookyoutube instagram
1st December 2025

ރެސިޕީ: ޕޮޓޭޓޯ ޕޭންކޭކު

ނަބީލާ އިސްމާޢީލް
Mar 19, 2024

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

ބޭނުންވާ ތަކެތި:

3 އަލުވި (ކުޑަ)
1 ފިޔާ (ކުޑަ، ކިއުބްކޮށް ކޮށާފަ)
1 މިރުސް (ކުޑަ، ކުދިކޮށް ކޮށާފަ)
½ ސަމުސާ އަސޭމިރުސް
½ ސައިސަމުސާ ދިރި
½ ސައިސަމުސާ ލޮނުމެދު (ގާނާފަ)
½ ސައިސަމުސާ އިނގުރު (ގާނާފަ)
½ ސައިސަމުސާ ލޮނު
¼ ޖޯޑު ފުށް
1 ބިސް

ތައްޔާރުކުރާނެ ގޮތް:

އަލުވިކޮޅު މަށާލުމަށްފަހު ގާނާލާށެވެ. ދެން ބޯތައްޓަކަށް ފެންއަޅާ އޭގެތެރެއަށް އަލުވި ކޮޅުއަޅާފައި 30 މިނެޓް ވަންދެން ބަހައްޓާލާށެވެ.

30 މިނެޓް ވުމުން ފެންތައް ފުރާނާލާށެެވެ. ދެން އަލުވިކޮޅު ތެރެއަށް ފިޔާ، މިރުސް، ދިރި، އަސޭމިރުސް، ލޮނުމެދު، އިނގުރު އަދި ލޮނު އަޅާ އެއްކޮށް މޮޑެލާށެވެ. ރަނގަޅަށް މޮޑެލުމަށްފަހު ބިސް އަދި ފުށް އަޅާ އެއްކޮށް މޮޑެލާށެވެ. ފުށްއަޅާ މޮޑެލާއިރުވެސް ހުންނާނީ ތަންކޮޅެއް އޮލަކޮށެވެ. (ބޭނުންނަމަ ފުށާއި ބިސް އެއްކުރުމުގެ ކުރިން އަލުވިގަނޑު ތެރެއަށް ޗީޒް ގާނާފައި އެޅިދާނެ).

ދެން ތަވާއަކަށް ތެޔޮފޮދެއް އަޅާ މޮޑުނު އަލުވިކޮޅު ތަވާގައި ފަތުރާލާ ފިހެލާށެވެ. ދެފުށްވެސް މުށިކުލަ އަރަންދެން ފިހެލަންވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355