twitterviber whatsapp telegramfacebookyoutube instagram
28th April 2024

ރެސިޕީ: ޗިކަން ޝަވަރުމާ

ނަބީލާ އިސްމާޢީލް
Mar 20, 2024

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

ރޮށި ތައްޔާރަން ބޭނުންވާ ތަކެތި:

300 ގ ފުށް
1/2 މ ސަމްސާ ލޮނު
1 މ ސަމްސާ ބޭކިން ޕައުޑަރ
120 މލ ހޫނުފެން
20 ގ ބަޓަރު ނުވަތަ 3 މ ސަމްސާ އޮލިވް އޮއިލް
7 ގ އީސްޓް
1 މ ސަމްސާ ހަކުރު

ސޯސްހަދަން ބޭނުންވާ ތަކެތި:

1 ޕްލޭން ޔޯގަޓް
1/2 ލުނބޯ
1 މ ސަމްސާ ލޮނުމެދު (ގާނާފައި)
2/1 މ ސަމްސާ ދިރި (ހިމުންކޮށްފައި)
¼ މ ސަމްސާ އަސޭމިރުސް (ހިމުންކޮށްފައި)
ރަހަލާވަރަށް ލޮނު
ޓޮޕިންގސް
ފިޔާ ތުނިކޮށް ފޮތިކޮށްފައި ފޮތިކޮށްފައި ޓޮމާޓޯ
ލެޓިއުސް

ފިލިންގ އަށް ބޭނުންވާތަކެތި:

2 ޖޯޑު ބޯންލެސް ޗިކަން
2 ލޮނުމެދު ގާނާފައި
2 މ ސަމްސާ ލުނބޯ ހުތް
2 މޭޒުމަތީސަމްސާ އޮލިވް އޮއިލް
2/1 މ ސަމްސާ ކޮތަނބިރި ހިމުންކޮށްފައި
2/1 މ ސަމްސާ ދިރި ފުނޑުކޮށްފައި
2/1 މ ސަމްސާ މުގުރި މިރުސް
ލޮނު

ތައްޔާރުކުރާނެ ގޮތް:

ޝަވަރުމާ ރޮށި ތައްޔާރުކުރުމަށް ފުށާއި، އީސްޓު، ބޭކިންގ ޕައުޑަރ، ލޮނު އަދި ބަޓަރު ތައްޓަކަށް އަޅައި އެއްކޮށްލާށެވެ. ދެން ހޫނު ފެން އެޅުމަށްފަހު ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. އަދި ފުށްގަނޑު ފުފެންދެން މަތިގަނޑެއް އަޅައި ބަންދު ކޮށްލާށެވެ. އެއަށްފަހު ގުޅަ ހެދުމަށްފަހު ރޮށިދަމާގޮތަށް ރޮށިދަމައި ރޮށިފިހެލާށެވެ.

ކުކުޅު މެރިނޭޓު ކުރުމަށް ހުރިހާ ހަވާދުގެ ބާވަތްތައް ކުކުޅުކޮޅަށް ވާ ވަރަށް ތައްޓަކަށް އެޅުމަށްފަހު އެއްކޮށްލާށެވެ. އެއަށްފަހު މަތިޖެހޭ ތައްޓަކަށް އަޅާ އެއްކޮށްފައިވާ ހަވާދުގަނޑާއި ކުކުޅުކޮޅު އެޅުމަށްފަހު ރަނގަޅަށް ކުކުޅުކޮޅުގައި ހަވާދުގަނޑު ހާކާލާށެވެ. ޔޯގަޓް ސޯސް ހެދުމަށް ބޭނުންވާ ހުރިހާ ތަކެތި އެއްކޮށްލުމަށްފަހު ހުރިހާ ރަހަތަކެއް ރަނގަޅަށް ނުކުންނަންދެން 20 ވަރަކަށް މިނެޓު ބަހައްޓާށެވެ.

ދެން މެރިނޭޓް ކޮށްފައިވާ ކުކުޅުކޮޅު ތަވައަކަށް ތެޔޮފޮދެއް އެޅުމަށްފަހު ތަވާގައި ފްރައިކޮށްލާށެވެ. އަދި ކުކުޅު ރޯފިލައި މަޑު މުށި ކުލައެއް އެރުމުން ނަގާށެވެ.

ޝަވަރުމާ ރެޕް ކުރުމަށް، ތައްޔާރުކޮށްފައިވާ މަސްކޮޅު އެއްވަރަކަށް ކޮށާށެވެ. ދެން ރޮށީގައި ތައްޔާރުކުރި ސޯސް ހާކާލައި ލެޓިއުސް ފަތާއި މަސްކޮޅަކާއި ފިޔައި އަދި ޓޮމާޓޯ ކޮޅު އަޅައި ރޯލް ކޮށްލާށެވެ. އަދި ރޮށިކޮޅު ރޫޅުނަ ނުދިނުމަށް ޓޫތު ޕިކް ބޭނުންކޮށްލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355