twitterviber whatsapp telegramfacebookyoutube instagram
28th June 2026

ރެސިޕީ: އަލުވި ކުޅި ބޯކިބާ

Mar 21, 2024

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

ބޭނުންވާނެތަކެތި:

500ގ އަލުވި
1 ދަޅު މަސް
2 ލުނބޯ
1/2 ޖޯޑު ހުނި
3 ފިޔާ (އާދައިގެ ވަރެއްގެ/ ތުނިކޮށް ކޮށާލާފަ)
2 ގިތެޔޮމިރުސް
1 މ ސަމްސާ އިގުރު އަދި ލޮނުމެދު ޕޭސްޓް
2 ހިކަނދިފަތް
2 ބިސް
2 މ ސަމްސާ ތެޔޮ
ލޮނު (ރަހަލާވަރުގެ)

ތައްޔާރުކުރާނެ ގޮތް:

އަލުވި ރަގަޅަށް ގާނާލުމަށްފަހު ތޮޔޮފޮދު ހޫނުކުރައްވާ އަލުވި ކޮޅު ރަގަޅަށް މީރުކޮށްލާށެވެ. އެއަށްފަހު މަސް ،ހުނި، ފިޔާ ،ލޮނުމެދު ،އިގުރު ،ހިކަދިފަތް، މިރުސް ، ލޮނު ރަގަޅަށް އެއްކޮށް މޮޑެލާށެވެ. އެއަށްފަހު އޭގެތެރެއަށް އަލުވި ކޮޅު އެއްކުރުމަށްފަހު ވެސް މޮޑެލާށެވެ. އޭގެފަހުން ކުކުޅުބިސް އެއަށް އެއްކޮށްލާށެވެ.އަދި ރަގަޅަށް މޮޑެލުމަށްފަހު ބޭނުންވާވަރުގެ ޓްރޭއެއްގައި ތެޔޮފޮދެއް ހާކާލުމަށްފަހު އެއްކުރި ތަކެތި ބޯކިބަލަށް ބޭނުންވާހެން ރީތިކޮށް ފަތުރާލައިގެން ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355