twitterviber whatsapp telegramfacebookyoutube instagram
27th April 2024

ދިރާގުން ވޮކޭޝަނަލް ޓުރެއިނިންގް ޕުރޮގްރާމަށް އެހީ ދީފި

ނަބީލާ އިސްމާޢީލް
Mar 23, 2024

ދިރާގުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް 2024 އަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓް 2018 ވަނަ އަހަރު އުފެދުނީއްސުރެ ދިރާގުން އަންނަނީ އެ އެންޖީއޯގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ އެކި ހުނަރުތައް ތަރައްގީކޮށް ތަފާތު ނުކުޅެދުންތެރިކަން ހުންނަ ޒުވާނުން ބާރުވެރިކުރުވާ، މުޖުތަމައު ޝާމިލްކުރުމެވެ.

އެގޮތުން މިއަހަރުގެ ޕްރޮގްރާމް ހާއްސަކުރެވިފައިވަނީ ކޮމްޕިއުޓަރު ބޭނުންކުރުމުގެ ހުނަރާއި ކެއްކުމާއި އާޓްސް އެންޑް ކްރާފްޓް ހުނަރުތައް ތަރައްގީ ކުރުމަށެވެ.

މި ޕްރޮގްރާމްގައި މިވަގުތު 27 ދަރިވަރަކު ކިޔަވަމުންދާއިރު މި ހުނަރުތައް އެކުދިންނަށް ދަސްކޮށްދެނީ އެކަމަށް ހާއްސަ މުދައްރަސުންނެވެ.

ދިރާގުގެ ޕާޓްނާޝިޕް މެދުވެރިކޮށް މި ޕްރޮގްރާމްގައި ކިޔަވައިދިނުމަށް ބޭނުންވާ މުހިންމު ތައުލީމީ ވަސީލަތްތައް ވަނީ ފޯރުކޮށްދީފަ އެވެ.

ކެއާ ސޮސައިޓީން ބުނި ގޮތުގައި މިދިޔަ އަހަރު ވޮކޭޝަނަލް ޓްރެއިން ޕްރޮގްރާމް މެދުވެރިކޮށް 81 އިންސައްތަ ޕްރޮގްރެސް ރޭޓް ދަރިވަރުން ވަނީ ހާސިލްކޮށްފަ އެވެ. މިގޮތުން ކުދިންގެ އަމިއްލަ މިނިވަންކަމާއި، މުވާސަލާތީ އަދި އިޖުތިމާއީ ހުނަރުތަކަށް ހެޔޮ ބަދަލެއް އައިސްފައިވެ އެވެ.

ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އަމާޒެކެވެ. އެގޮތުން މިފަދަ ޕްރޮގްރާމްތަކަށް ދިރާގުން އަބަދުވެސް ދަނީ އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355