twitterviber whatsapp telegramfacebookyoutube instagram
22nd March 2026

ރެސިޕީ: ކްރީމީ ވައިޓް ސޯސް ޕާސްތާ

Mar 25, 2024

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

ބޭނުންވާ ތަކެތި:

1 ޕެކެޓް ޕާސްތާ (ލޮނު، ތެޔޮ، އަޅާ ކައްކާލާފަ)
4 މ ސަމްސާ ބަޓަރ ނުވަތަ އޮލިވް އޮއިލް
1 ފިޔާ (ކުދިކޮށް ކޮށާފަ)
1 ކެރެޓް (ކުދިކޮށް ކިއުބްކޮށް ކޮށާފަ)
1 ބެލްޕެޕާރ (ކުދިކޮށް ކިއުބްކޮށް ކޮށާފަ)
1/2 ޖޯޑު ޒުވާރި (ސްވީޓް ކޯން)
ލޮނު
1ސ ސަމްސާ މުގުރި އަސޭމިރުސް
1 ސ ސަމްސާ ރާޅުކޮށް މުގުރާފަ ހުރި ހިކިމިރުސް
1 ޖޯޑު ބޯންލެސް ކުކުޅު (ކުދިކޮށް ކޮށާލާފަ)
4 މޭޒުމަތީ ސަމްސާ ފުށް
2 ޖޯޑު ކިރު
1 ޖޯޑު ޗީޒް (ގާނާފަ)

ތައްޔާރުކުރާނެ ގޮތް:

ތަވަޔަށް 2 ސަމްސާ ބަޓަރ އެޅުމަށްފަހު ފިޔާ، ކެރެޓް، ބެލްޕެޕާރ، ޒުވާރި އަދި ކުކުޅު ކޮޅުއެޅުމަށްފަހު ރަނގަޅަށް ރޯފިލުވާލުމަށްފަހު އަސޭމިރުސް އަދި ހިކި މިރުސްކޮޅު އަޅާލާ ރަހަލާވަރަށް ލޮނުއަޅައިގެން މީރުކޮށްލާށެވެ. ކުކުޅު ކޮޅާއި ތަރުކާރީ ކޮޅާ ކުކުޅު ކޮޅު ރޯފިލުމުން އުނދުން ނިވާލާށެވެ.

ތަންކޮޅެއް ބޮޑު ތަވަޔަކަށް ބަޓަރ ކޮޅުއަޅާ ހޫނުކޮށްލާށެވެ. އެއްފަހު ފުށްކޮޅުއަޅާ ރޯފިލުވާލުމަށްފަހު 2 ޖޯޑު ކިރުއަޅާ ކައްކާލާށެވެ. އެއަށްފަހު ޗީޒް ކޮޅުވެސް އެއްކޮށްލާ ރޯފިލުވާލާފަ ހުރި ތަރުކާރީ ކޮޅާއި ކުކުޅު ކޮޅު އެއްކޮލާ ސޯސްގަނޑު ކައްކާލާށެވެ. އެއަށްފަހު ޕާސްތާކޮޅު ރަނގަޅަށް އެއްކޮށްލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355