twitterviber whatsapp telegramfacebookyoutube instagram
27th April 2024

އައިމަން އާއި ފަރުހަތު އެއްގަލަކަށް އަރުވައި އެއް ކެންޑިޑޭޓެއް ނެރެން މަޝްވަރާކޮށްފި

އަބްދުލް ވާހިދު ޙަސަން
Mar 27, 2024
4

ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންކަމަށްވާ، އައިމަނު މުހައްމަދާއި ފަތުހަތު މުހައްމަދު އެއްގަލަކަށް އަރުވައި، އެ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ އެއް ކެންޑިޑޭޓެއް ނެރުމަށް އެންމެފަހު ވަގުތު ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

ފަރޭއާ އެންމެ ގާތުން ވާދަކުރެއްވި އޭނާގެ އެއްބަފާ ކޮއްކޮ، އައިމަނު މުހައްމަދު އިންތިހާބުން ބަލިވީ 7 ވޯޓްގެ ހަނިތަފާތުކުންނެވެ. އެކަމަކު އައިމަން ވަނީ އަމިއްލަގޮތުން ވާދަކުރައްވަން ނިންމާ ވަރަށް ފޯރީގައި ކެމްޕެއިން ކުރަމުންނެވެ. އަމިއްލަގޮތުން ވާދަކުރެއްވިނަމަވެސް އޭނާގެ ކެމްޕެއިންތަކުގައި ބޭނުންކުރަނީ ޕީޕީއެމް/ޕީއެންސީގެ ލޯގޯތަކެވެ. އެހެންވުމުން ސަރުކާރުގެ ތާއިދު އޮތް ކެންޑިޑޭޓަކީ ކޮބާކަން ރައްޔިތުންނަށް ވަނީ ވަރަށް ބޮޑަށް އޮޅިފަ އެވެ.

އިންތިހާބަށް މިހާ ކުޑަދުވަސް ކޮޅަކަށްވެފައިވަނިކޮށް ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރު، ސްޕެޝަލް އެޑްވައިޒަރ ޓް ދަ ޕްރެޒިންޑެންޓް އަބުދުއްރަހީމް އަބުދުﷲ ކުޅުދުއްފުއްޓަށް ވަޑައިގެން ދެކުނު ދާއިރާއަށް "ސަރުކާރު" އެއް ކެންޑިޑޭޓް ނެރެން ވަނީ މަޝްވަރާތައް ފަށާފަ އެވެ.

އިއްޔެ ރޭ ސްޓޭޓް ހައުސްގައި ކުރިއަށްދިޔަ ބައްދަލުވުންތަކުގައި ފަރޭ އާއި އައިމަނުގެ ޓީމުންވެސް އަދުރޭއާ ބައްދަލުކުރައްވަން ދިޔައީ ބޮޑު ޓީމެއް ހަދައިގެންނެވެ. ވަކިވަކިން ކުރިއަށްދިޔަ ބައްދަލުވުންތަކަށްފަހު ދެ ކެންޑިޑޭޓުންނާ ވަކިންވެސް އަދުރޭގެ ޓީމުން މަޝްވަރާކުރި އެވެ.

މައުލޫމާތު އެނގޭ ފަރާތްތަކުން ކޭއޯއަށް މައުލޫމާތު ދެއްވަމުން ބުނީ، ސަރުކާރުން ބޭނުންވަނީ އެއް ކެންޑިޑޭޓެއް ނެރުމަކަށް ކަމަށާއި ސަރުކާރުގެ ދެ ކެންޑިޑޭޓް ނުކުމެ ވޯޓް ބައިބައިވެ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ވަހީދަށް އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

އަލީ ވަހީދު މަޖިލީހަށް އިންތިހާބުވެއްޖެނަމަ ސަރުކާރަށް ފަސޭހައެއް ނުވާނެ ކަމަށާއި އެހެންވުމުން އެކަމުގައި ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ވިސްނާ އެއް ކެންޑިޑޭޓެއް ނެރެދިނުމަށް އަދުރޭ އެދިވަޑައިގެންނެވި ކަމަށެވެ. އެކަމަކު ރޭގައި ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުންތަކުގައި ވަކިގޮތެއް ނުނިމެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ސަރުކާރުން ތާއިދުކުރާ ކެންޑިޑޭޓެއް ދެން ނިންމާލީ ރައީސް ޑރ މުއިއްޒު ކަމަށްވެ އެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގައި ސަރުކާރުގެ ފަރާތުން އަދުރޭގެ އިތުރުން ފޮރިން މިނިސްޓަރު މޫސާ ޒަމީރާ މޯލްޑިވިއަންގެ ޑެޕިއުޓީ ޑިރެކްޓަރު ސަލީމް ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355