twitterviber whatsapp telegramfacebookyoutube instagram
2nd May 2024

މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމަށް އެއްބައިވަންތަކޮށް މަސައްކަތްކުރުން މުހިންމު: ނައިބު ރައީސް

މުޙައްމަދު އަހުމަދު
Apr 1, 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެއްބައިވަންތަ ރޫހެއްގައި މަސައްކަތްކުރުން މުހިންމުކަން ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނާއިބު ރައީސް މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕީޕީއެމް ކޮންގްރެސް ކޮލިޝަން ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު، ވެރިކަމަށް ގެނައުމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމް ކޯލިޝަންގެ ހުރިހާ ސަޕޯޓަރުންވެސް މަސައްކަތްކުރީ ވަރަށް ބަދަހިކަމާއި އެއްބައިވަންތަކަމާއެކު ކަމަށެވެ.

އަދި މި އެއްބައިވަންތަކަމާއި ބަދަހިކަން މަޖިލިސް އިންތިހާބު ކާމިޔާބުކުރުމަށް ދައްކަންޖެހޭކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކުރަނީ ރިޔާސީ އިންތިހާބުގައި ދެއްކެވި ޖޯޝާއި ފޯރި، މަޖިލިސް އިންތިހާބުގައި ވެސް ތިބޭފުޅުން ދައްކަވާނެކަމަށް." ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ފުއްދުމަށް މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ޕީޕީއެމް ކޯލިޝަނަށް މުހިންމުކަމަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމަށާއި ރަށުގެ މުސްތަގުބަލާ ގުޅިފައިހުރި އެކި ކަންކަން ކޮށްދެވޭނީ ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެންކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355