twitterviber whatsapp telegramfacebookyoutube instagram
30th April 2024

އައްޑު އާއި ހުވަދޫ ގުޅުވައިދޭ އެތެރޭގެ އުދުހުމުގެ ހިދުމަތް މޯލްޑިވިއަނުން ފަށަނީ

ނަބީލާ އިސްމާޢީލް
Apr 4, 2024

ގައުމީ އެއާލައިން މޯލްޑިވިއަން "ސައުތު ކަނެކްޓިވިޓީ އިނިޝިއޭޓިވް"ގެ ދަށުން އައްޑު އަތޮޅު ގަން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހުވަދު އަތޮޅު ކޫއްޑޫ އެއާޕޯޓްއާ ގުޅުވައިދޭ ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިވިއަން ބުނީ 29 އޮކްޓޫބަރު 2024 އިން ފެށިގެން ހަފްތާއަކު ދެ ދުވަހު ދަތުރުތައް ކުރާނެ ކަމަށެވެ.

"ސައުތު ކަނެކްޓިވިޓީ"އަކީ ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ތަރައްގީއަށް އެހީތެރިވެދިނުމަށްޓަކާ މޯލްޑިވިއަން އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން، ފަތުރުވެރިކަން އިތުރަށް ގުޅުވައިދީ، ވިޔަފާރީގެ ގުޅުންތައް ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހުވަދުއަތޮޅު ކޫއްޑޫ އެއާޕޯޓް އާ ދެމެދު ދޭ މި ހިދުމަތުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް 2،100އަށް ވުރެ ގިނަ އެނދު ހިމެނޭ ގއ. އާއި ގދ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ސީދާ ދިއުމުގެ މަގު ފަހިވާނެ އެވެ.

އަދި މި ދަތުރުތަކުގެ ސަބަބުން ދެކުނު ސަރަހައްދުގެ އިމްޕޯޓް/އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު އެހީތެރިކަމަކަށްވާނެކަމަށް މޯލްޑިވިއަނުން ބުނެ އެވެ.

މި ޚިދުމަތުގެ ޓިކެޓް ބުކިން 4 އޭޕްރީލް 2024އިން ފެށިގެން، މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަންއާއި ޓިކެޓިން އޮފީހާއި ސޭލްސް އޭޖެންޓުން ހިމެނޭ ގޮތަށް މޯލްޑިވިއަންގެ ޓިކެޓް ލިބޭނެ އެވެ. އަދި ދަތުރުވެރިންނަށް ދަތުރުތައް ދުރާލާ ރާވައި، ދަތުރު ކަށަވަރުކުރެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355