twitterviber whatsapp telegramfacebookyoutube instagram
3rd May 2024

އިންޑިއާއިން ޒަރޫރީ މުދާ އެތެރެކުރުމަށް ކޯޓާ އިތުރުކޮށްދީފި

Apr 6, 2024

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ހުއްދައިގެ ދަށުން މީގެކުރިން ކޯޓާ އިތުރުކޮށްދީފައިނުވާ މިންވަރަށް ކުރިއަށް އޮތް އަހަރަށް ކޯޓާ އިތުރުކޮށްދީފިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު 1981ގައި ހަދާފައިވާ 'އެގްރިމެންޓް އޮން ޓްރޭޑް ކޯޕަރޭޝަން'ގެ ދަށުން މިއީ މިހާތަނަށް ކޯޓާ އެންމެ ބޮޑަށް އިތުރުކުރި ފަހަރުކަމަށް ރާއްޖޭގައި ހުންނަ އިންޑިއަ ހައިކޮމިޝަނުން ބުންޏެވެ. އެގޮތުން ހާއްސަ އަގުތަކެއްގައި ރާއްޖެއަށް އެތަކެތި ލިބޭނެކަމަށްވެސް ހައިކޮމިޝަނުން ބުންޏެވެ.

ހާއްސަ ކޯޓަގެ ދަށުން އިންޑިއާއިން ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، މުގުގެ އިތުރުން ހިލަ އާއި ހިލަވެއްޔެވެ. މީގެ ތެރެއިން އަސާސީ ކާބޯތަކެތީގެ ކޯޓާއަށް ވަނީ ފަސް އިންސައްތަ އިތުރުކޮށްދީފައެވެ. އަދި ހިލައާއި ހިލަވެލީގެ ކޯޓާ ވަނީ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައެވެ. އެއީ 25 އިންސައްތައިގެ އިތުރުވުމެކެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖެއަށް ހަމަޖައްސާފައިވާ ކޯޓާއަކީ:

ބިސް: 427 މިލިއަން

އަލުވި: 21،513.08 މެޓްރިކް ޓަނު

ފިޔާ: 35،749.13 މެޓްރިކް ޓަން

ހަނޑޫ: 124،218.36 މެޓްރިކް ޓަން

ގޮދަން ފުށް: 109،162.96 މެޓްރިކް ޓަން

ހަކުރު: 64،494.33 މެޓްރިކް ޓަން

މުގު: 224.48 މެޓްރިކް ޓަން

އެ މިނިސްޓްރީން ވަނީ، އިންޑިއާއިން އެ ބާވަތްތަކުގެ އެކްސްޕޯޓަށް މިއަހަރު ގެންނަ ކޮންމެ ބަދަލަކުން ވެސް މި ކޯޓާ އިސްތިސްނާ ވާނެކަން ފާހަގަކޮށްފައެވެ.

އަސާސީ ތަކެތި ރާއްޖެ އެތެރެކުރުމަށް އިންޑިއާއިން އެއްބަސްވުން އެންމެ ފަހުން އެކުލަވާލާފައިވަނީ 2021 ވަނަ އަހަރުއެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި އެއްބަސްވުން މާރޗު މަހަށް ވަނީ ހަމަވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355