twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަހަރަށް ދަށްކުރަނީ

ނަބީލާ އިސްމާޢީލް
Apr 7, 2024

ޖިނާއީ ކުށުގެ ޒިންމާ 12 އަހަރުގައި އުފުލަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރަން ނިންމާފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކުޑަކުދިން ގަނާއިން ރައްކާތެރި ކުރުމަށް މަސައްކަަތް ކުރާ ޓާސްކް ފޯސް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އިހުސާން ވިދާޅުވީ، މި ސަރުކާރުގެ ވިސްނުން ފުޅަކީ ޖިނާއީ ކުށުގެ ޒިންމާ 12 އަހަރުގައި އުފުލަން ޖެހޭ ގޮތަށް ކުޑަ ކުރުން ކަމަށެވެ.

"ދުނިޔޭގެ އެހެން ގައުމުތަކުގައި މި އުމުރު އެބަ ފެށިގެން އެބަ އާދޭ، މިސާލަކަށް އިނގިރޭސިވިލާތުގައި 10 އަހަރު، އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި 11 އަހަރު، ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި 12،13،14 އަހަރަށް މި އުމުރު ފުރާ އިންނަނީ ތިރިކޮށްފައި،"، ވަޒީރު ވިދާޅުވިއެވެ.

މި މުޖުތަމައުގެ ކަންކަމަށް ބަލާއިރު، މި އުމުރުފުރާއަކީ 12 އަހަރު ކަމަށް ގަބޫލު ކުރެވޭ ކަަމަށް ވަޒީރު އިހުސާން ވިދާޅުވިއެވެ. ވަޒީރު ވިދާޅުވިގޮތުގައި، ޖިނާއީ ކުށުގެ ޒިންމާ ގާނޫނުގައި މިހާރު 15 އަހަރަށް އިނުމަކީ ޗެލެންޖެއް ކަމަށެވެ.

"މިވަގުތަަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ހާއްސަކޮށް ޖިނާއީ ކުށުގެ ޒިންމާ މި ގާނޫނުގައި ބަޔާން މި ކުރަނީ 15 އަހަރު، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފުލުހުންގެ ރެކޯޑްތަކުން އަދި އަޅުގަނޑުމެންގެ ޖުވެނަލް ޖަސްޓިސް ޑިޕާޓްމެންޓްގެ ރެކޯޑް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 12 އަހަރާއި 13 އަހަރާއި ދެމެދުގެ އެތައް ކުދިންނެއް މިފަދަ މާހައުލުގައި އެޓްރިސްކުގައި އެބަ އުޅޭ،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވާހަކަފުޅުގައި ރާއްޖޭގައި އެޓްރިސްކުގެ ކުދިންގެ ގޮތުގައި 200 ކުދިން ހިމެނޭކަން ފާހަގަކުރަައްވާފައެެވެ. އޭގެ ތެރޭގައި ގިނައީ 12-14 އަހަރާއި ދެމެދުގެ ކުދިންނެވެ. މި ކުދިން ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަށް ނުފެތޭ ކަމަށްވެސް ވިދާޅުވިއެވެ.

"މިވަގުތު އެ ކުދިން ޖިނާއީ ކުށެއް ކުރި ކަމުގައިވިޔަސް އެ ކުދިން އެ ކުށަށް ޒިންމާ ކުރެވޭ ގޮތަކަށް ނޫން ގާނޫނު ބައްޓަން ކުރެވިފައި މި އޮތީ،".

އޭނާ ވިދާޅުވީ، މި ސަރުކާރުން މިކަަމަށް ޖުމްލަ ހައްލެއް ގެނެސް ދެއްވާނެ ކަމަށެވެ.

"އަދި އިއްޔެ ހިނގާދިޔަ ހާދިސާތައް މުޖުތަމައުގައި ނުހިނގާނެ ގޮތަކަށް ބައްޓަން ކުރުމަށްޓަކައި، ދިވެހި ފުލުހުންނާއި އަޅުގަނޑުމެންގެ މިނިސްޓްރީ ގުޅިގެން އަދި ކަމާ ބެހޭ ހުރިހާ ވުޒާރާތައް ގުޅިގެން ޕްރިވެންޝަންގެ ވަރަށް އެކްސްޓެންސިވެ ޕްރޮގްރާމްތައް ހިންގަން ފަށާނެ ވާހަކަ،". އޭނާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355