twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ރަށުގައި ތިބެގެން ޑައިވިންގ ކުރުމާއި ޑައިވިންގ ކޯސް ހެދުމުގެ ރަނުގެ ފުރުސަތު

އަބްދުލް ވާހިދު ޙަސަން
Apr 7, 2024

'އެކުއާ ޓްރެންޑް ކުޅުދުއްފުށީ ޑައިވް ކުލަބް' ގެ ނަމުގައި ޑައިވް ކުލަބެއް ވުޖޫދުކޮށް ހިންގަން ފަށައިފި އެވެ. މި ޑައިވް ކުލަބުން މިހާރު އަންނަނީ ތަފާތުއެކި ކޯސްތައް ހިންގުމުގެ އިތުރުން ޑައިވް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދެމުންނެވެ.

އެކުއާ ޓްރެންޑު ޑައިވް ކްލަބް ހިންގާ މުހައްމަދު އައްޔޫބު ބުނީ، އެ ކުލަބް ބިނާވެފައިވަނީ ކަނޑަށް ފުން އިހްތިރާމާއި، ދިވެހީންގެ އަގުތަކާއި ސަގާފަތްތައް ދަމަހައްޓައިގެން ހާއްސަ ޑައިވިންގ ތަޖުރިބާތައް ފޯރުކޮށްދިނުމުގެ އުންމީދުގެ މައްޗަށްކަމަށެވެ.

އޭނާ ބުނީ، އެ ޑައިވް ކުލަބަކީ ޑައިވަރުންނަށް ތައުލީމާއި ރައްކާތެރިކަމުގެ އެންމެ މަތީ ފެންވަރުގެ ކްލަބެއް ކަމަށާއި އެތަނުން ކުރިއަށްގެންދަނީ، ގަބޫލުކުރެވޭ ޑައިވިންގ އޮތޯރިޓީތަކުން ސެޓްފިކެޓް ލިބިފައިވާ ޕްރޮފެޝަނަލް އަދި ތަޖުރިބާކާރު އިންސްޓްރަކްޓަރުންގެ ޓީމަކުން ކަމަށެވެ.

އެކުއާ ޓެރެންޑް ކުޅުދުއްފުށީ ޑައިވް ކުލަބުން، ބިގިނަރ އިން ފެށިގެން އެޑްވާންސް ލެވެލްގެ ފުރިހަމަ ޕަޑީ އިންޓަނޭޝަނަލް ސެޓްފިކެޓް ކޯސްތައް ހިންގަ އެވެ.

މުހައްމަދު ބުނީ އެކުއާ ޓްރެންޑިން ހިންގާ ކޯސްތައް ކުރިއަށް ގެންދާނީ ޕްރޮފެޝަނަލް ސްޓޭންޑާޑުގައި ކަމަށާއި ޑައިވިންގ ތަޖުރިބާ ކުރަން ބޭނުންވާ 8-9 އަހަރާއި ދެމެދުގެ ކުދިންނަށް ހާއްސަ ޕަޑީ ބަބްލް މޭކާ ޕްރޮގްރާމާއި 10 އަހަރުން މަތީގެ ފަރާތްތަކަށް ޕަޑީ ޑިސްކަވަރ ސްކޫބާ ޑައިވިންގ، އަދި ޕްރޮފެޝަނަލް ލެވެލްއަށް ތަމްރީނުވާން ބޭނުންވާ ފަރާތްތަކަށް ޕަޑީ އޯޕަން ވޯޓަރ އިން ފަށައިން ޕަޑީ ޑައިވް މާސްޓަރ އާއި ހިސާބަށް ކޯސްތައް ހިންގައި ސެޓިފިކެޓު ދެވޭނެ ކަމަށެވެ.

މީގެ އިތުރުން ޕަޑީ ފްރީ ޑައިވަރ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމުގައިވެސް މުހައްމަދު މައުލޫމާތުދެއްވި އެވެ.

މި ކޯސްތަކުގައި އިކްއިޕްމަންޓްތައް ރަނގަޅަށް ބޭނުންކުރާނެ ގޮތާއި އެންމެ ސަލާމަތާއި ރައްކާތެރިކަމާއެކު ޑައިވް ކުރާނެގޮތް ކިޔަވައިދެވޭނެ އެވެ. އަދި ކޯސްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ކޯސްކުރިއަށްދާއިރު ޑައިވް އިންޝުއަރެންސް ލިބިގެންދާނެކަމަށް އެފަރާތުން ހާމަކުރެ އެވެ. މިކޯސްތައް ހިންގުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި އެވެ.

އެކުއާ ޓްރެންޑުގެ ހުރިހާ އޮޕަރޭޝަންތަކެއްގައިވެސް ރައްކާތެރިކަމަކީ އެންމެ އިސްކަމެއްދޭ ކަންކަމަށާއި އަދި އިކުއިޕްމަންޓްތައް ވަރަށް ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި، އުސޫލުތައް އެންމެ ހަރުކަށި ސޭފްޓީ ޕްރޮޓޮކޯލްތަކަށް ތަބާވާކަން އެކުއާ ޓްރެންޑުން ކަށަވަރުކުރާނެކަމަށް މުހައްމަދު ބުންޏެވެ.

މި ކްލަބަކީ ޑައިވިންގ އަށް ލޯބިކުރާ މީހުން އެއްވެ ކަނޑަށް ޝައުގުވެރިކަން ހިއްސާކޮށް، އެކަކު އަނެކަކުން ދަސްކޮށް، ދެމިއޮންނަ ހަނދާންތައް އުފެއްދުމަށް ކުރެވޭ ތަނެއްކަމުގައި މުހައްމަދު މައުލޫމާތުދެ އެވެ.

އެކުއާ ޓްރެންޑު ކުޅުދުއްފުށީ ޑައިވް ކްލަބާއެކު ކުޅުދުއްފުށީގެ ރާޅުތަކުގެ ދަށުގައި ހުރި އަޖައިބުތައް ހޯދުމަށް މަރުހަބާ ކިޔަމެވެ. ކޯސްތަކާއި އަދި ޑައިވްތަކުގެ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް 7669667އަށް ގުޅުމުން ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355