twitterviber whatsapp telegramfacebookyoutube instagram
30th April 2024

އެންޓި ކެމްޕެއިން ކުރާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީސީން ދީފި

Apr 16, 2024
3

އެހެން ކެނޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން އަންނަގޮތަށް އެންޓި ކެމްޕެއިން ކުރާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފިއެވެ.

އީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މަޖިލީސް އިންތިހާބުގައި ކެނޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން އެންޓިކެމްޕެއިން ކުރުމުގެ އަމަލުތައް ހިނގާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން ތާއީދު ހޯދުމަށް ބޭނުންކުރާ ޕޯސްޓަރުތަކާއި ބެނާތަކުގައި ކެނޑިޑޭޓުންގެ އިންތިހާބީ ހައްގައް އުނިކަން ލިބޭގޮތަށް މެސެޖުތައް ދައުރު ކުރަމުންދާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެކަމާއި ގުޅިގެން ކޮމިޝަނުން ވަނީ އިންތިހާބުތަކާއި ބެހޭ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން އެފަދަ އަމަލުތައް ނުކުރުމަށާއި ކެނޑިޑޭޓުން ސުލޫކީ މިންގަނޑަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ އަމަލުތައް ހިނގާ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިންތިހާބުތަކާ ބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެނޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަމެއް އަންނަގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަމައެހެންމެ އެހެން ކެނޑިޑޭޓަކާއި ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުންވެސް މި މާއްދާގެ ދަށުން މަނާ ކުރެވިފައިވާކަން އީސީން ފާހަގަ ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355