twitterviber whatsapp telegramfacebookyoutube instagram
21st August 2026

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެމްބަރުން އައްޔަން ކުރައްވައިފި

ނަބީލާ އިސްމާޢީލް
Apr 16, 2024

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެމްބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

މި ބޭފުޅުން މަގާމަށް އައްޔަން ކުރެއްވީ އިއްޔެ މެންދުރުފަހު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށާއި ރައީސްކަމުގެ މަގާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އިސްހާގު ހުސައިނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށާއި ނައިބު ރައީސް ކަމަށް، އައްޔަންކުރައްވާފައި ވަނީ ޅ.ހިންނަވަރު، ހިޔާވަހި ފާޠިމަތު މަހީރާ މުހައްމަދެވެ. މިރަސްމިއްޔާތުގައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމަށް، ހުޅުމާލެ ހިޔާ 04-21-8 ޝަހީމާ ސަލީމާއި ގއ.ގެމަނަފުށި، ފެހިކުރި އިޝާރާ ޢަބްދުލްއަޒީޒު އަދި ދަފްތަރު ނަންބަރު ދރ 265 ސައުސަން އަލީ އައްޔަން ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢަލީ ރަޝީދު ޙުސައިނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355