twitterviber whatsapp telegramfacebookyoutube instagram
2nd November 2025

އީސީގެ މެމްބަރު ކަމަށް ހަސަން ޢައްޔަންކޮށްފި

Apr 16, 2024

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ހަސަން ޒަކަރިއްޔާ، އައްޔަން ކުރައްވައިފިއެވެ.

އީސީގެ މެންބަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން ހަސަން ފުރުއްވަމުން ގެންދެވީ އީސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމެވެ.

އީސީގެ މެންބަރުކަމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، ހަސަން ޒަކަރިއްޔާއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ލިޔުން ހަވާލު ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ ކުރިފުޅުމަތީގައި، ހަސަން ޒަކަރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި ކުރައްވައި، ހުވައިގެ އިޤުރާރުގައި ވަނީ ސޮއި ކުރައްވާފައެވެ.

އީސީގެ މެމްބަރު ކަން ހުސްވީ އެ ކޮމިޝަންގައި ހުންނެވި ނައިބު ރައީސް އިސްމާއިލް ހަބީބުގެ ފަސް އަހަރުގެ ދައުރު މިދިޔަ މާޗް މަހު 13 އަށް ހަމަވުމާ ގުޅިގެންނެވެ.

އީސީ އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355