twitterviber whatsapp telegramfacebookyoutube instagram
20th February 2026

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ

Apr 17, 2024

ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހުގެ ރޭ 8:15 ގަ ބޭއްވުމަށް ނިންމައިފި އެވެ.

މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ "ހައިބްރިޑް"ކޮށް ކަމަށްވާތީ ޖަލްސާގައި ހިއްސާދާރުންނަށް ފަހިވޯޓް މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ހިއްސާދާރުންގެ ޕްރީ-ރެޖިސްޓްރޭޝަން މިމަހުގެ 27 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ޕްރޮކްސީންގެ ރެޖިސްޓްރޭޝަން މިމަހުގެ 26 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ދިރާގުން ބުނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓަރީގައި ހިމެނިފައިވާ ހިއްސާދާރުންނަށް މި ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އެރުވިފައިވާ ކަމަށެވެ.

ޖަލްސާކުރާ މާލަމުގެ ޖާގައަށް ބަލައި، މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭ ހިއްސާދާރުންގެ އަދަދު ވަނީ 150 ހިއްސާދާރުންނަށް ލިމިޓްކޮށްފަ އެވެ.

އެހެންކަމުން ޖަލްސާކުރާ މާލަމަށް ވަޑައިގެން ޖަލްސާގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވޭނީ މާލަމަށް ހާޒިރުވެ ވަޑައިގެންކަން ނުވަތަ އޮންލައިންކޮށްކަން މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރިން އެންގޭނެ ކަމަށް ދިރާގުން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355