twitterviber whatsapp telegramfacebookyoutube instagram
9th August 2026

ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން 50 އަހަރަށް 14 ބިން ދޫކުރަނީ

ނަބީލާ އިސްމާޢީލް
Apr 17, 2024

ހދ ހަނިމާދޫގައި ލޯކަލް ޓްއަރިޒަމް އިތުރަށް ފުޅާކުރުމުގެ ގޮތުން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ކުރިމަތިލުމަށް އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މި ބިންތައް ދޫކުރަނީ ހަނިމާދޫ ޓޫރިޒަމް ޒޯން ހިންގުމަށް ކަނޑައަޅާފައިވާ ބިމުންނެވެ.

އެކައުންސިލުން ބުނީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ދޫކުރަން ނިންމާފައި ވަނީ 5000 އަކަފޫޓުގެ 14 ބިމެއް ކަމަށާއި މި ބިންތައް ދޫކުރަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ.

މިމަޝްރޫއަކީ ރަށަށް އާމްދަނީ އިތުރުކުރުމަށް ކައުންސިލުން ކުރިއަށްގެންދާ އިޤްތިސާދީ ޕްރޮޖެކްޓްތަކުގައި ހިމަނައިގެން ފަށަން ނިންމާފައިވާ މަސައްކަތެކެވެ. އަދި މިއީ ސަރުކާރު ބަޖެޓަށް ބަރޯސާވުން ކުޑަކޮށް، ކައުންސިލަށް އާމްދަނީ އިތުރުކޮށް ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމަށާއި، ރަށުގައި ވަޒީފާގެ ފުރުސަތު އިތުރުކޮށް، ފުދުންތެރި މުޖުތަމައެއް ބިނާކުރުންކަމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ކައުންސިލުން ބުނެއެވެ.

މި ބިންތަކަށް ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީ ވާންޖެހއެވެ. ރަޖިސްޓަރީ ފީއެއްގެ ގޮތުގައި 1000 (އެއްހާސް) ރުފިޔާ ދައްކަން ޖެހެއެވެ. ބިޑްގައި ރަޖިސްޓަރީވާ ފަރާތްތަކަށް ކައުންސިލުން ބިޑްފޮތް ފޯރުކޮށްދޭނެއެވެ.

ބީލަން ހުށަހެޅުމަށާއި ބީލަންތައް ހުޅުވުމަށް ބާއްވާ ބައްދަލުވުން އޮންނާނީ މި މަހު 30 ވަނަ ދުވަހު 13:00 ގައި ހަނިމާދޫ ކައުންސިލް ޖަލްސާކުރާ މާލަމުގައި ނުވަތަ އެ ކައުންސިލުން ކަނޑައަޅާ ތަނެއްގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355