twitterviber whatsapp telegramfacebookyoutube instagram
17th September 2026

ހަނިމާދުއާއި ޓްރިވެންޑްރަމާ ދެމެދުގެ ދަތުރުތައް އަލުން ފަށައިފި

Apr 17, 2024

ހދ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން، ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފިއެވެ.

މިދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތަށެވެ.

ދަތުރުތައް ފެށުން ފާހަގަކުރުމަށް ހަނިމާދޫ އެއާޕޯޓުގައިވަނީ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ރީޖަނަލް އެއާޕޯޓްސްގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ބައިވެރިވެފައިވެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަނުން ހަނިމާދޫ އާއި ޓްރިވެންޑްރަމާއި ދެމެދު ހަފްތާއަކު 2 ދަތުރު ކުރާނެއެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެވެސް ހުކުރު އަދި ހޯމަ ދުވަހު ދަތުރުތައް ބޭއްވުމަށްވަނީ ނިންމާފައެވެ.

މޯލްޑިވިއަނުން ބުނީ ހަނިމާދޫ އާއި ޓްރިވެންޑްރަމާ ދެމެދު އަލުން ފްލައިޓްތައް ފެށުމުން އެސަރަޙައްދުގެ ރައްޔިތުންނަށް އިންޑިއާއަށް ދަތުރުކުރުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށެވެ.

ހަމައެއާއެކު އެ ސަރަޙައްދުގެ ފަތުރުވެރިކަމަށްވެސް އެކަމުގެ ސަބަބުން ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293