twitterviber whatsapp telegramfacebookyoutube instagram
10th October 2026

ކުޅުދުއްފުށީގެ 2 ދެ ގޮނޑި ސަރުކާރަށް

ނަބީލާ އިސްމާޢީލް
Apr 21, 2024
12

މިއަދު ކުރިއަށްދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެ ދާއިރާގެ ގޮނޑި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދެ ކެންޑިޑޭޓުން ކާމިޔާބު ކުރައްވައިފިއެވެ.

އެމްޑީޕީ ޓިކެޓްގައި ކުޅުދުއްފުށީ އުތުރު ދާއިރާއަށް ވާދަކުރެއްވީ މިހާރުގެ މެމްބަރު ޔާސިރު އަބުދުލްލަތީފެވެ. އޭނާގެ މައްޗަށް ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު މިވަނީ ކުރި ހޯދަވައި އިންތިހާބު ކާމިޔާބުކުރައްވާފަ އެވެ.

ކުރީގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު އެމްޑީޕީގެ ޓިކެޓެއްގައި ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ކުރިމަތިލެއްވިއިރު އޭނައާ ވާދަކުރެއްވީ ފަރުހަތު މުހައްމަދެވެ.

ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވަން މިއަދު ބޭއްވި އިންތިޚާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލައިފައެވެ. ޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރީއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ. އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293