twitterviber whatsapp telegramfacebookyoutube instagram
21st May 2024

ރޯދަމަހަށް ބޮޑު ޗުއްޓީ ލިބޭގޮތަށް އެކެޑަމިކް ކަލަންޑަރަށް ބޮޑު ބަދަލެއް

Apr 29, 2024

އަންނަ މަހު 26 ގައި ފަށާ 2024ގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަހަރު މާޗުގައި ނިމޭ ގޮތަށް އަދި ބޮޑު ޗުއްޓީ ރޯދަ މަހާ ދިމާވާ ގޮތަށް ދިރާސީ އަހަރުގެ ކަލަންޑަރު ހަދައިފި އެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން މިހާރު ހިނގަމުންދާ ދިރާސީ އަހަރު އަންނަ ބުރާސްފަތީގައި ނިމޭނެއެވެ.

މިއަދު މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި "ފައިނަލް" ކަލަންޑަރުގައިވާ ގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ގަ އެވެ. ފުރަތަމަ ޓާމް ޗުއްޓީ ލިބޭނެ ކަމަށް މިހާރު އޮތީ ސެޕްޓެމްބަރު 29 އިން އޮކްޓޫބަރު 3 އަށެވެ.

އާ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26ގައެވެ. ފުރަތަމަ ޓާމް ޗުއްޓީއަށްފަހު ސްކޫލްތައް އަލުން ހުޅުވޭނީ އޮކްޓޫބަރު 3 އަށެވެ. އޮކްޓޫބަރު 6ގައި ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށްފަހު އެޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް 6 ގައެވެ.

ސްކޫލްތަކުގެ ބޮޑު ބަންދު 9 މާރޗުގައި ފަށާ ބަންދު ނިންމާ އަނެއް ދިރާސީ އަހަރު ފެށޭނީ އޭޕްރިލް 3 ގައެވެ. މި ތާރީހުތަކަށް ބެލުމުން އަންނަ މަހު 26ގައި ފެށޭ ދިރާސީ އަހަރު ނިންމާ ސްކޫލްތަކުގެ ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ އަންނަ 2025 ވަނަ އަހަރުގެ ރޯދަމަހާއި ދިމާވާގޮތަށެވެ.

އެހެންކަމުން އަންނަ އަހަރުގެ ބޮޑު ޗުއްޓީ ދަރިވަރުންނަށް ފެށޭނީ ރޯދަމަހުގެ 9 ވަނަދުވަހުއެވެ. އަދި ރޯދަމަހުގެ ފަހު 10 އެއްގެ ބަންދާއި ފިތުރު އީދު ބަންދުވެސް ވަންނާނީ ސްކޫލް ޗުއްޓީގެ ތެރެއަށެވެ.

ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ ޑިސެމްބަރުމަހަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މީގެކުރިން ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުއެވެ. އެހެންނަމަވެސް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަތުރުވެރިކަމުގައި ދާއިރާގެ އެންމެ ޕީކު ދުވަސްވަރާއި ދިމާވާތީ އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެދުމުގައި މަތިން މިދިިޔަ ސަރުކާރުން ވަނީ ސްކޫލްތަކުގެ ބޮޑު ޗުއްޓީ އޮގަސްޓްމަހަށް ދިމާވާ ގޮތަށް ބަދަލުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355