twitterviber whatsapp telegramfacebookyoutube instagram
21st May 2024

ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދެނީ

Apr 29, 2024

ސްޓޫޑެންޓް ލޯނަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނުދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ސަރުކާރުން މިނިސްޓަރުންނާ ސުވާލުކުރުމަށް ބާއްވާ "އަހާ" ފޯރަމްގެ ތިންވަނަ ޕްރޮގްރާމުގައި މިކަން ހާމަކުރައްވާފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް ސަރުކާރުން ދެމުން އަންނަ މަތީ ތައުލީމު ލޯނަށް އެދުމުގެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު އިތުރުކޮށްފަ އެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު ހުޅުވާލި ފުރުސަތު މި މަހުގެ 24 ވަނަ ދުވަހަށް ހަމަވުމާ އެކު ހަޔަ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެ މުއްދަތު ފެށޭ މަހުގެ ދެވަނަ ދުވަހަށް އިތުރުކޮށްފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ނިންމާފައި ވަނީ ލޯނަށް އެދޭ ކުދިންގެ ޝަރުތު ހަމަވާ ނަމަ ހުރިހާ ކުދިންނަށް އެ ލޯނު ދޫކުރަން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވިއިރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އިސްކަންދީ، ރާއްޖެ އާއި ބޭރުގެ ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރަން ސްޓޫޑެންޓު ލޯނުގެ ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާލީ 500 ޖާގައަށެވެ. ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު އެ ސްކީމުން ލިބެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ސަރުކާރުން ވަނީ 1،986 ދަރިވަރަކަށް ސްޓޫޑަންޓް ލޯނުގެ ފުރުސަތު ދީފަ އެެވެ. އެ ލޯނާ ގުޅިގެން އޮތް ޝަކުވާތަކާ ގުޅިގެން ސަރުކާރުން ވަނީ ސްޓޫޑަންޓް ލޯނު ރީސްޓްރަކްޗާކޮށް ކުރިން ޕަސެންޓުގައި ހުރި އިދާރީ ފީ، އެއް ޕަސެންޓަށްވެސް ކުޑަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355