twitterviber whatsapp telegramfacebookyoutube instagram
5th May 2026

ލޭންޑިން ކްރާފްޓެއް ބަންޑު ޖަހާލާ އެކަކު ގެއްލިގެން ހޯދަނީ

ނަބީލާ އިސްމާޢީލް
Apr 30, 2024

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެ ދަތުރުކުރަމުން އައި ލޭންޑިން ކްރާޕްޓެއް ބަންޑުން ޖަހާލާ އެކަކު ގެއްލިގެން ހޯދަން ފަށަައިފިއެވެ.

އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހައިލީ ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ކަމަށެވެ.

އެ ލޭންޑިން ކްރާފްޓު ބަންޑުން ޖަހައިލައި އޭގެން ދަތުރުކުރި ފަސް މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ މި ލޭންޑިން ކްރާފްޓުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ވަނީ ސީއެމްބިއުލޭންސަށް ނަގާފައި ކަމަށެވެ.

އެއާއެކު ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ހަކުރާ ދަނީ ހަރަކާތްތެރިވަމުންކަމަށް ވެސް ބުންޏެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355