twitterviber whatsapp telegramfacebookyoutube instagram
5th August 2026

ގެއްލިގެން ހޯދަމުން ދިޔަ މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެ

Apr 30, 2024

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލުމާ ގުޅިގެން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މި މީހާ ފެނުނީ ލޭންޑިން ކްރާފްޓްގެ ދަށުގައި އޮއްވައި ކޯސްޓްގާޑުގެ ޑައިވަރުންނަށް ކަމަށެވެ.

ޑައިވަރުންނަށް މި މީހާ ފެނުނުއިރު މީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށާއި މި މީހާ ކ. ކާށިދޫ މިމީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުންގެ ފަރާތުން މައުލޫމާތު ވަނީ ލިބިފައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފް އިން ބުނީ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލިއިރު އެ އުޅަނދުގައި ފަސް މީހުން ތިބި ކަމަށެވެ. ގެއްލިގެން ހޯދަމުން ދިޔައީ ބިދޭސީއެއް ކަމަށެވެ.

ގެއްލުނު މީހާގެ އިތުރުން ދެން އުޅަނދުގައި ތިބި ހަތަރު މީހުން ކަނޑުވެފައި ތިއްބާ ރޭ ފަތިހު އެ މީހުން ސަލާމަތް ކުރީ "ސީއެމްބިއުލޭންސް 21" އުޅަނދުންނެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރަކަށްވާތީ ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް ކަމާ ގުޅޭ އިދާރާތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355