twitterviber whatsapp telegramfacebookyoutube instagram
27th July 2024

ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ބަދަލުކުރަނީ

May 13, 2024

ޖިނާޢީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓއރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު އިހްސާން ވިދާޅުވީ, ކުޑަކުދިންގެ އަދުލުގެ ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމަށް ގެންނަން ޖެހޭ ޤާނޫނީ ބަދަލު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު މިހާރު އޮތް 15 އަހަރުގައި އޮތް އޮތުން 12 އަހަރަށް ތިރިކުރުމަށް މިސަރުކާރުން ވަނީ ނިންމާފައި. އެކަމަށް ގެންނަން ޖެހޭ ގާނޫނީ ބަދަލު ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މިވަނީ ފަށާފައި" - މިނިސްޓަރު އިހްސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ, މިގޮތަށް ބަދަލުކުރުމުގެ ބޭނުމަކީ ކުޑަކުދިން ޖަލަށްލައި ގެންގުޅުމެއް ނޫން ކަމަށާއި, މީގެ ބޭނުމަކީ 12 އަހަރުން ފެށިގެން ކުށުގެ ވެއްޓަށް ހުށަހެޅިދާނެކަމަށް ފެންނަކުދިންނާއި, ކުށުގެ ދައުވާ ކުރެވޭ ކުދިން ރިހިބިލިޓޭޓްކޮށް, މުޖުތަމައުއަށް ފައިދާހުރި ބޭނުންހުރި ކުދިންތަކެއްގޮތުގައި އަނބުރާ މުޖުތަމައުއަށް ގެނައުމަށް ކުރެވޭ މަސައްކަތަށް ގާނޫނީ ބާރު ހޯދުމަށް ކުރެވޭ ކަމެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ, މިގޮތަށް ގާނޫނު ބަދަލުކުރެވުމުން 12 އަހަރުގެ ކުދިންނަށްވެސް ރިހިބިލިޓޭޓް ޕްރޮގްރާމް ހިންގުމުގެ ފުރުސަތު ގާނޫނީގޮތުން ލިބިގެން ދާނެ ކަމަށެވެ.

ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކުރަނީ 15 އަހަރެވެ. ނަމަވެސް ޖުވެނަލް ޖަސްޓިސް ޑިޕާޓްމެންޓްގެ ރެކޯޑް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 12 އަހަރާއި 13 އަހަރާއި ދެމެދުގެ އެތައް ކުދިންނެއް މިފަދަ މާހައުލުގައި އެޓްރިސްކުގައި އުޅެއެވެ. އެފަދަ ކުދިންނަށް ރިހިބިލޭޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރީން ވަނީ މީގެ ކުރިންވެސް ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355