twitterviber whatsapp telegramfacebookyoutube instagram
17th September 2024

އަމާން މާހައުލެއް ގާއިމްކުރުމަށް ފުލުހުން ކުރަނީ ބުރަ މަސައްކަތެއް: އިހުސާން

ނަބީލާ އިސްމާޢީލް
Sep 1, 2024

އަމާން މާހައުލެއް ގާއިމްކުރުމަށް ފުލުހުން ކުރަނީ ބުރަ މަސައްކަތެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ފުލުހުންގެ ހިދުމަތަށް 20 އަހަރުގެ ފުރުމުގެ މުނާސަބަތުގައި ފުލުހުންނަށް ތަހުނިޔާ ދަންނަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އަރިސްކުރައްވާ ކަމަށެވެ. ރައްޔިތުން އެދޭފަދަ އަމާން މާހައުލެއް ގާއިމުކުރަން ފުލުހުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި ޝުކުރު ދަންނަވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ރާއްޖެ ފުލުހުންގެ މުވައްސަސާގައި ވެސް މިހާރު އެންމެ ޒަމާނީ ވަސީލަތްތައް ވަނީ ގާއިމްކޮށްފައެވެ. އެއާއިއެކު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަވަސްވެ ތަހުގީގުތައް ކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދެއެވެ.

ފުލުހުންގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ 1933 ވަނަ އަހަރުއެވެ. ނަމަވެސް ސިފައިންނާއި ފުލުހުންގެ ހިދުމަތް އެއް ހިދުމަތެއްގެ ގޮތުގައި ބައްޓަންވެގެން އައިސް، 2004 ވަނަ އަހަރު ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހު ފުލުހުންގެ ހިދުމަތް ވަކިވެ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާ ގާއިމްވެގެން ދިޔައެވެ. އެހާ ހިސާބުން ފުލުހުން ސިފައިންގެ ޚިދުމަތުން ވަކި ކުރެވި ފުލުހުންގެ ޚިދުމަތް މިނިސްޓްރީ އޮފް ހޯމް އެފެއާޒް ނުވަތަ ދާޙިިލީ ވުޒާރާގެ ދަށަށް އޭރު ބަދަލު ކުރެވިގެން ދިޔައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355