twitterviber whatsapp telegramfacebookyoutube instagram
21st August 2026

ހަތަރު މީހުންނާއެކު ގެއްލުނު ދޯނި އަދިވެސް ނުފެނޭ

May 19, 2024

ކ. ތިލަފުށިން ފުރައިގެން މ. މެދުފުށި އައިލެންޑް ރިޒޯޓަށް ހަތަރު މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ގެއްލިގެން ހޯދަން ފެށިތާ 24 ގަޑިއިރަށްވުރެ ގިނައިރު ވީއިރު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ތިލަފުށިން ފުރައިގެން މ އަތޮޅު މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދަނިކޮށް ހަބަރުނުވެގެން ހޯދަމުންދަނީ "AAA-37" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ. ހުކުރު ދުވަހު ހެނދުނު 6:00 ހާއިރު ފުރި އެ ދޯނީގެ ހަބަރެއް ނުވެގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ ހަވީރު 17:20 ހާއިރެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެ ދޯނި ހޯދުމުގައި އެމްއެންޑީއެފްގެ ކޯސްޓުގާޑުން އަންނަނީ އަދިވެސް ހަރަކާތްތެރިވަމުންނެވެ. އެ ދޯނިން ދަތުރުކުރީ ބަންގްލަދޭޝް ތިން މީހުންނާއި ދިވެއްސަކު ހިމެނޭހެން ޖުމްލަ 4 މީހުން ކަމަށް އެމްއެންޑީއެފުން މައުލުމާތު ދެއްވައެވެ.

އެމްއެންޑީއެފުން ބުނީ އިއްޔެގެ ނިޔަލަށް ކަނޑާއި ވައިގެ މަގުން މ. ރަތްމަންދޫގެ އިރުމަތީ ބިތުން ބޮޑު ސަރަހައްދެއް ވަނީ ބަލާފައެވެ. އެގޮތުން، ކަނޑާއި ވައިގެ މަގުން 4519 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މައުލޫމާތު ހިއްސާކުރެއްވުމަށް އެމްއެންޑީއެފުން އެދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355