twitterviber whatsapp telegramfacebookyoutube instagram
27th June 2026

އިރާންގެ ރައީސްގެ ޖަނާޒާއަށް މިނިސްޓަރު އާދަމް ޝަރީފް އީރާނަށް ފުރާވަޑައިގެންފި

ނަބީލާ އިސްމާޢީލް
May 21, 2024

އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ރައީސް ޑރ ސައްޔިދު އިބްރާހީމް ރައީސީއާއި ހާރިޖީ ވަޒީރު ހުސައިން އާމިރު-އަބްދުއްލަހިޔާނަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރެއްވުމަށާ، އެ ދެ ބޭފުޅުންގެ ޖަނާޒާގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށާ، އަދި އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވާންމަންޓް އެންޑް ޕަބްލިކް ވޯކްސް، އާދަމް ޝަރީފް ޢުމަރު، މިރޭ އީރާނަށް ފުރާވަޑައިގެންފިއެވެ.

އިއްޔެގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އީރާނުގެ ރައީސް އާއި ހާރިޖީ ވަޒީރު އަވަހާރަވި ހިތާމަވެރި ހަބަރާ ގުޅިގެން އީރާނުގެ އިންތިގާލީ ރައީސް މުހައްމަދު މުހްބަރުއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ.

އަދި އީރާނަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅު އެ ގައުމުގެ ސަރުކާރާ ރައްޔިތުންނާއެކު ދިވެހި ސަރުކާރާ ރައްޔިތުން ތިބިކަން ހާމަކުރައްވައިފައެވެ.

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރެއްވުމުގެ ގޮތުން، 21 މެއި 2024 ވީ އަންގާރަދުވަހުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355