twitterviber whatsapp telegramfacebookyoutube instagram
6th October 2026

60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް އުތުރަށް އޮރެންޖު އިންޒާރު ނެރެފި

ނަބީލާ އިސްމާޢީލް
May 23, 2024

ވިލާގަނޑުގައި 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ހއ އަތޮޅުން ފެށިގެން ވ އަތޮޅަށް އޮރެންޖް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން މި ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފައި ވަނީ މިއަދު 8:00 އިން 11:00 އަށެވެ.

އެ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވަމުން އަންނާތީ މި ކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރާއިރު ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ އިންވެސް ވަނީ އިރުޝާދުދީފައެވެ.

އޮރެންޖު އިންޒާރަކީ ނެރެނީ ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުމުންނެވެ. ވިލާގަނޑުގައި 63 މޭލަށް ވައިގަދަވުން އެކަށީގެން ވެއެވެ. އަދި މީގެ އިތުރުން ބާރުގަދަ ކޮޅިގަނޑުތައް އެރުމަކީ އެކަށީގެންވާކަމެކެވެ. ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތައް ކުރިމަތިވާ މިންވަރަށް ކަނޑުގަދަވާނެއެވެ. އާދަޔާ ހިލާފަށް ވައިގަދަވެ، ވިދާ ގުގުރައި، ބޯކޮށް ވާރޭވެހޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293